ވަޒީފާގެ ފުރުޞަތު
ނަންބަރު: (ILU)GZS/2023/95
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 15:39
ސުންގަޑި: 03 ޖުލައި 2023 13:00
ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

މަޤާމް:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

 

މަގާމު ނަންބަރު

J-346869

 

 

ބޭނުންވާ އަދަދު:

01 (އެކެއް)

 

 

މަޤާމުގެ ގިންތި / މަޤާމުގެ މުއްދަތު:

ދާއިމީ

 

 

މަޤާމުގެ ރޭންކް:

އެމް. އެސް. 2

 

 

މަޤާމުގެ ކުލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

 

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޣާޒީ ސްކޫލް، ހުޅުމާލެ

 

 

މުސާރަ:

6,295.00 ރުފިޔާ

 

 

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

 

 

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
  • ސަޕޯޓިންގ ކޯ އެލަވަންސް -/900 ރުފިޔާ

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލަށް ހޯދަންޖެހޭ ޚިދުމަތާއި ތަކެތީގެ ތެރެއިން ބިޑުކޮށްގެން ހޯދަންޖެހޭ ޚިދުމަތާއި ތަކެތި، އެޑްމިނިސްޓްރޭޓަރގެ ލަފާގެ މަތިން ހޯދުމަށްޓަކައި މާލިއްޔަތު ގަވައިދާއި ޕްރޮކިއުމެންޓް އުޞުލާ އެއްގޮތަށް ބިޑިންގ ޕްރޮސެސްގެ އިދާރީ ހުރިހާ މައްސައްކަތެއް ކުރަމުން ގެންދިއުން.
  2. ބިޑުކޮށްގެން ހޯދާތަކެތީގެ ބިޑުތަކުގެ އިވެލުއޭޝަން މަސައްކަތްތައް  އެޑްމިނިސްޓްރޭޓަރގެ ލަފާގެ މަތިން މާލިއްޔަތު ގަވައިދަ އެއްގޮތަށްކުރުން
  3. އެޑްމިނިސްޓްރޭޓަރގެ ލަފާގެ މަތިން ބިޑްކޮމެޓީގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުމާއި، ކޮމެޓީގެ ނިންމުންތައް ތަންފީޒުކުރެވެމުންދާ މިންވަރު ބަލަމުންގެންދިއުން.
  4. ބިޑުކޮށްގެން ހޯދާ ތަކެއްޗާއި ޚިދުމަތުގެ އެއްބަސްވުންހެދުމާއި، ޚިދުމަތާއި ތަކެތީ ފޯރުކޮށްދޭ ފަރާތުން  އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ފޯރުކޯށްދޭންކަން ޚަށަވަރުކުރުމާއި، އެޚިދުމަތް ނުވަތަ ތަކެތި ސްކޫލަށް ބަލައިގަތުން.
  5. ސްކޫލަށް ހޯދައި އަދި ލިބޭ ހަރުމުދަލުގެ ގޮތުގައި ނުހިމެނޭ ތަކެތީގެ ސްޓޮކަށް ބަލައގަތުމާއި މާލިއްޔަތު ގަވައިދައެއްގޮތަށް ސްޓޮކް ރެކޯޑު ފުރިހަމަކުރުން
  6. މުވައްޒަފުންގެ މަސައްކަތަށް ދަތިނުވާނެގޮތުގެމަތިން ސްޓޮކުން ތަކެތި ދޫކުރުމާއި، ސްޓޮކަސް މަދުވާ ތަކެތި ހޯދުމަށް އެޑްމިނިސްޓްރޭޓަރގެ ސަމާލުކަމަށް ގެނައުން
  7. ހަރުމުދަލުގެ ގޮތުގައި ސްކޫލަށް ހޯދައި،  އަދި ލިބޭ ތަކެތި ބަލައިގަތުމާއި، ހަރުމުދަލުގެ ރެޖިސްޓްރީ (އިންވެންޓްރީ) މާލިއްޔަތު ގަވައިދާ އެއްގޮތަށް ބަލަހައްޓަމުން ގެންދިއުން.
  8. އައުޓްސޯސްކޮށްގެން ސްކޫލުން ހޯދަމުންގެންދާ ޚިދުމަތްތައް ބެލެހެއްޓުމާއި، އެއްބަސްވުމާ އެއްގޮތަށް އެޚިދުމަތްތައް ކުރިޔަށް ގެންދާކަން ކަށަވަރުކުރުމާއި ފާހަގަކުރެވޭ ކަންކަން އެޑްމިނިސްޓްރޭޓަރގެ ސަމާލުކަމަށް ގެނައުން
  9. ޓީޗަރުންނަށް ދޫކުރެވޭ ލޮކަރު ތަކާއި ލޮކަރުތަކުގެ ތަޅުދަނޑިތަކުގެ ރެކޯޑު ބަލަހައްޓަމުން ގެންދިއުން
  10. ކްލާސްރޫމްތަކަށް ހޯދައި ފަރނީޗަރާއި އެތަކެތީގެ ތަރުތީބުތައް މެނޭޖުމަންޓުން ބޭނުންވަގޮތަށް ފުރިހަމަކުރަމުން ގެންދިއުން
  11. ޑިޖިޓަލް ސްކޫލިންގ އާ ގުޅިގެން ހޯދާފައިހުރި އަދި ހޯދަމުންދާ ތަކެތީގެ ރެކޯޑު ހަމަޖެހިފައިވަ އުޞުލުތަކާ އެއްގޮތަށް ބެލެހެއްޓުމާއި، ދަރިވަރުންނަށާއި ޓީޗަރުންނަށް ދޫކުރަންޖެހޭ އެފަދަ ޑިވައިސްތައް ދޫކުރުމާއި ބަލައިގަތުމާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އައިޓީ މުވައްޒަފަށް އެހީތެރިވެދިނުން
  12. ދަރިވަރުންގެ ނަސްތާ ޕްރޮގްރާމުގެ މޮނިޓަރކޮސް ބެލެހެއްޓުމަށް އެކުލަވާލެވޭ ނާސްތަ ވިލަރެސް ކޮމެޓީގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުމާއި، ނަސްތާޕްރޮގްރާމާ ގުޅިގެން ފުރހަމަކުރަންޖެހޭ ރެކޯޑުތައް ފުރހަމަކޮށް ބެލެހެއްޓުމާއި، އެކާމގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީއަށް ފޮނުވަންޖެހޭ މަޢުލޫމާތުތައް ފޮނުވުން.
  13. ސްކޫލުގެ ހަރުމުދަލުގެތެރެއިން ބޭނުންނުކުރެވޭ ވަރަށް ބައުވެ ހަލާކުވާތަކެތި އެޑްމިނިސްޓްރޭޓަރގެ ހުއްދަޔާއެކު މާލިއްޔަތު ގަވައިދާ އެއްގޮތަށް ނީލަން ކިއުން ނުވަތަ ނައްތާލުން.
  14. ސްކޫލު އޮފީހައި އެހެނިހެން ރޫމުތަކުގެ ތަޅުދަނޑިތައް އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން ރައްކާތެރިކަމައެކު ބެލެހެއްޓުމާއި، ހެދިފައިވަ އުޞޫލުތަކާއެއްގޮތަށް އެކަމާގުޅޭ ރެކޯޑުތައް ފުރިހަމަކުރަމުން ގެންދިއުން.
  15. ބަޖެޓް ސެކްޝަނުން ތައްޔާރުކުރަންޖެހޭ ޢާއްމު ސިޓީތަކާއި ލިޔުންތައް އެޑެމިނިސްޓްރޭޓަރ އަންގާ ގޮތެއްގެމަތިން ތައްޔަރުކުރުމައި ފޮނުވަންޖެހޭ ފަރަތްތަކަށް ފޮނުވުން.

 

 

މަޤާމުގެ ޝަރުޠުތައް:

   

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވަލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލާރސް ޑިގްރީއެއް ނުވަތަ ބެޗެލާރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  • އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   
  • ބިޒްނަސް މެނޭޖްމަންޓް    
  • މެނޭޖްމަންޓް  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން 

 

ޕްރިފަރޑް ޑިސިޕްލިން:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ގުޅޭ ވަޒީފާގެ ދާއިރާތައް:                           

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

 

ކޯ ޑިސިޕްލިން ތައް

މި މަގާމަށް ކޯ ޑިސިޕްލިން ކަނޑައެޅިފައި ނުވޭ

 

 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

  • މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023  ޖުލައި  3 ވާ (ހޯމަ)  ގެ 13:00ގެ ކުރިން، ޣާޒީ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ،2023  ޖުލައި  05 އާއި 2023  ޖުލައި  09 އާ ދެމެދުގެ ތާރީހެއްގައި، ޣާޒީ ސްކޫލްގައި ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3350607 / 3350608   އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

 

       

01 ޒުލްޙިއްޖާ  1444

19 ޖޫން 2023 

19 ޖޫން 2023