ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS-10/INDIV/2015/1
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 17:48
ސުންގަޑި: 23 ފެބުރުވަރީ 2015 15:00
އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަތީޘާނަވީއަށް ވަނުމަށް އެދޭ ފޯމު ފުރުއްވައި ހުށަހެޅުއްވުމަށް

މިއަހަރުގެ ޖޫން މަހުން ފެށިގެން މިމަރުކަޒުގައި މަތީޘާނަވީއަށް ކިޔަވައިދިނުން ފެށުމަށްޓަކައި ދަނީ މަސައްކަތް ކުރެވެމުންނެވެ. ވީމާ، 2013 އަދި 2014 ވަނަ އަހަރު ގްރޭޑް 10 ނިންމައި، ޘާނަވީ އިމްތިޙާނުތައް ހަދާފައިވާ ދަރިވަރުންގެ ތެރެއިން ތިރީގައިވާ ޝަރުޠުތައް ހަމަވާ ދަރިވަރުން، މިމަރުކަޒުން ދޫކުރާ "މަތީޘާނަވީ އަށް ވަނުމަށް އެދޭ ފޯމު" ފުރުއްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ގްރޭޑް 11 އަށް ކުދިން ނަގަން ހަމަޖެހިފައިވާ ކްރައިޓީރިއާ

1- އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހި ބަސް، ނުވަތަ އިސްލާމިކް ސްޓަޑީޒުން ފާސްވުން.

2- އައި.ޖީ.ސީ.އެސް.އީ، ޖީ.ސީ.އީ އޯލެވެލްގެ ކޮންމެވެސް 1 ސްޓްރީމެއްގެ ( ސައިންސް ނުވަތަ ކޮމާރސް ) މަދުވެގެން 2 މާއްދާއިން ފާސްވެފައިވުމާއެކު، އިތުރު 1 މާއްދާއިން ފާސްވެފައިވުން (ޖުމްލަ 3 މާއްދާ).

އިތުރު މަޢުލޫމާތު

* ކޮމާރސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ އެކައުންޓިންގ، ކޮމާރސް، ބިޒްނަސް، އިކޮނޮމިކްސް، އަދި މެތަމެޓިކްސް.

* ސައިންސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ ކެމިސްޓްރީ، ފިޒިކްސް، ބައޮލޮޖީ، އަދި މެތަމެޓިކްސް.

* މާއްދާއަކުން ފާސްވެއްޖެކަމަށް ބެލެވޭނީ B, A, A* ނުވަތަ C ގްރޭޑް ލިބިގެންނެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ، 2015 ފެބުރުވަރީ 03 ވާ އަންގާރަ ދުވަހުން ފެށިގެން 2015 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ ނިޔަލަށެވެ.

02 ފެބުރުވަރީ 2015