ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2023/63
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 24 ޖޫން 2023 23:59
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ އަޟުޙާ ޢީދަށް ރަށުތެރެ ސާފުކުރުން!

ކޮންމެ އަހަރެއްގެވެސް އަޟުޙާ ޢީދަކީ ( ބޮޑު ޢީދަކީ ) ރަށުން ބޭރުގައި އުޅޭ ރަށުގެ ގިނަ ރައްޔިތުންނާއި އަދި، ރާއްޖޭގެ އެކި ރަށްރަށުން ބީރައްޓެހިން ގިނަ ޢަދަދަކަށް ރަށަށް ޒިޔާރަތްކުރާ މުނާސަބަތަކަށްވާތީ، އަންނަ އަޟުޙާ ޢީދަށް ތައްޔާރުވުމުގެ ގޮތުން ރަށުތެރެ ސާފުކޮށް ރީތިކޮށް ބޭއްވުމަށްޓަކައި ގޭގޭދޮށާއި، ގޯތިތަކުގެ މަގުތަކާއި، ގޯޅިތަކުގައި ބެހެއްޓިފައި ހުންނަ ލަކުޑިފަދަތަކެތި ނަގާ، ވިނަ ހެދިފައި ހުންނަ މަގުފަޅިތައް ނޮޅާ ސާފުކުރުމާއި، މަގުގޯޅިތަކުގައި 15 ފޫޓަށްވުރެ ތިރިއަށް ހުންނަ ގަސްތަކާއި، ގޮފިތައް ކަނޑާ 24 ޖޫން 2023 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ނިންމެވުމަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ. އަދި، މިފަހަރުގެ ބޮޑުޢީދަކީ އެހެން އަހަރުތަކާ ޚިލާފަށް މުޅި ރަށުގެ ކުދިބޮޑު އެންމެން ސާމިލުވެގެން އެކުވެރިކަމާއި، އެއްބައެއް ވަންތަކަމާއެކު، އެއްރޫޙެއްގައި ފާހަގަ ކުރެވޭ ޚާއްޞަ ޢީދަކަށްވާތީ، ރަށުތެރެ ސާފުކުރުމުގައިވެސް ޚާއްޞަ ސަމާލު ކަމެއް ދެއްވައިގެން ކުރިއަށް ގެންގޮސް ދެއްވުމަށް ދަންނަވަމެވެ.

  

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޖޫން 2023