ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)296/296/2023/36
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 17 ޖުލައި 2023 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ ޕްރީސްކޫލް މަރާމާތުކޮށް ފާހާނާއެއް ހެދުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވޭ

         ކުރީގެ ޕްރީ ސްކޫލް މަރާމާތުކޮށް ފާޚާނާއެއް ހެދުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދޭ ފަރާތްތަކުން 19 ޖޫން 2023 ފެށިގެން 05 ޖުލައި 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ރަޖިސްޓްރީ ކުރެއްވުމަށް އަދި މިމަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް މިއިދާރާގެ ނަންބަރ 6560016 ނަންބަރ އަށް ގުޅުއްވުން އެދެމެވެ.

         އަންދާސީ ހިސާބު ހުށައަޅުއްވާނީ 17 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާއަށެވެ. އަދި މެއިލް ކުރައްވާ ނަމަ މިއިދާރަގެ އީމެއިލް : info@fodhdhoo.gov.mv   އަށް މެއިލް ކުރެއްވުން އެދެމެވެ. މިމަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

         މިކަމަށް އެދި ކުރިމަތި ލެވޭނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ނަންބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ނަންބަރ: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

       ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

                       01 ޛުލްޙިއްޖާ 1444

                         19 ޖޫން 2023

19 ޖޫން 2023