ތަމްރީނު
ނަންބަރު: MNU-CA/RG/2015/52
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 17:26
ސުންގަޑި: 05 ފެބުރުވަރީ 2015 15:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޯސްތަކެއް ފެށުމަށް

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދިލެއްވުމަކަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި މުދައްރިސުންގެ ގޮތުގައި ވަޒީފާ އަދާ ކުރައްވާ ބޭފުޅުންގެ ތެރެއިން ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ހާސިލު ކޮށްފައިވާ ބޭފުޅުންނަށް އަމާޒު ކޮށްގެން ތިރީގައިވާ ކޯސްތައް ފެށުމަށް ޔުނިވަރސިޓީން ވަނީ ގަސްދުކޮށްފައެވެ. މިކޯސްތައް، ކަނޑައެޅިފައިވާ އަގުގައި ހިންގޭނީ 2015 އަހަރުގެ ފުރަތަމަ ޓާމުގައި އެކަންޏެވެ.

މި ކޯސްތަކަށް ދަރިވަރުން ހޮވުމުގައި އިސްކަން ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބަށެވެ. ކޯސްތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 5 ފެބުރުވަރީ 2015 އެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މި ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ.

1- ކޯހުގެ ނަން: ޑިޕްލޮމާ އިން ހެލްތު އެންޑް ފިޒިކަލް އެޑިޔުކޭޝަން

މުއްދަތު: 1 އަހަރު (2 ސެމެސްޓަރ)

ކޯސްފީ: -/4770

ކޯސް ހިންގާ ކެމްޕަސް: ކ.މާލެ - ބްލޮކް މޯޑް (30 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު، ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ނ. އުމުރުން 25 އަހަރުވުމާއި 5 އަހަރު ދުވަހު ފިޒިކަލް އެޑިޔުކޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވުން. ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ 1 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރުގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން،

ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޓީޗަރެއްގެ ވަޒީފާ އަދާކުރާކަމުގެ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ.

 

2- ކޯހުގެ ނަން: ޑިޕްލޮމާ އިން ޓީޗިންގ ދިވެހި ލޭންގްވިޖް އެންޑް ލިޓްރެޗަރ

މުއްދަތު: 1 އަހަރު (2 ސެމެސްޓަރ)

ކޯސްފީ: -/4770

ކޯސް ހިންގާ ކެމްޕަސް: ކ.މާލެ - ބްލޮކް މޯޑު (40 ޖާގަ) ، ހދ.ކުޅުދުއްފުށި – ބްލޮކް މޯޑު (20 ޖާގަ) ،ލ.ގަން - ބްލޮކް މޯޑު (20 ޖާގަ) ، ގދ.ތިނަދޫ – ބްލޮކް މޯޑު (20 ޖާގަ) ، ސ.ހިތަދޫ – ބްލޮކް މޯޑު (20 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ 4 ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 2 އަހަރު ދުވަހު، ސްކޫލެއްގައި ޚާއްޞަވާން އެދޭ މާއްދާތައް ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޓީޗަރެއްގެ ވަޒީފާ އަދާކުރާކަމުގެ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ.

 

3- ކޯހުގެ ނަން: ޑިޕްލޮމާ އިން އާރލީޗައިލްޑްހުޑް އެޑިޔުކޭޝަން

މުއްދަތު:1  އަހަރު (2 ސެމެސްޓަރ)

ކޯސްފީ: -/4770

ކޯސް ހިންގާ ކެމްޕަސް: ކ.މާލެ - ބްލޮކް މޯޑު (40 ޖާގަ) ، ހދ.ކުޅުދުއްފުށި – ބްލޮކް މޯޑު (20 ޖާގަ) ،ލ.ގަން - ބްލޮކް މޯޑު (20 ޖާގަ) ، ގދ.ތިނަދޫ – ބްލޮކް މޯޑު (20 ޖާގަ) ، ސ.ހިތަދޫ – ބްލޮކް މޯޑު (20 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. އެމް.ކިޔު.އޭ ޤަބޫލުކުރާ ސެޓުފިކެޓު ލެވެލް 4 ގެ ސަނަދެއް އާރލީޗައިލްޑްހުޑް އެޑިޔުކޭޝަން ދާއިރާއިން ހާސިލުކޮށްފައިވުމާއެކު 1 އަހަރު ދުވަހު ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޓީޗަރެއްގެ ވަޒީފާ އަދާކުރާކަމުގެ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ.

 

4- ކޯހުގެ ނަން: ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ - ސްޕެޝަލް އެޑިޔުކޭޝަން

މުއްދަތު: 1 އަހަރު (2 ސެމެސްޓަރ)

ކޯސްފީ: -/4770

ކޯސް ހިންގާ ކެމްޕަސް: ކ.މާލެ - ބްލޮކް މޯޑު (20 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލްގެ 4 ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު، ސްކޫލެއްގައި  ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޓީޗަރެއްގެ ވަޒީފާ އަދާކުރާކަމުގެ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ.

11 ރަބީޢުލްއާޚިރު 1436

01 ފެބުރުވަރީ 2015