ދެންނެވުން
ނަންބަރު: MTCC-CSD/IU/2023/0145
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި: 19 ޖުލައި 2023 16:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމް.ޓީ.ސީ.ސީގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ނިންމާފައިވާ ނިންމުންތައް:

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ވަނީ  15 ޖޫން 2023 ވީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 08:30 ގައި ކުރުނބާ މޯލްޑިވްސްގެ ބޯގަންވިލާ މާލަމުގައި ބާއްވާފައެވެ. ޖަލްސާގައި ހިއްސާދާރުން ޖަލްސާކުރާ މާލަމަށްވަޑައިގެން އަދި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް އޮންލައިންކޮށް ބައިވެރިވެފައިވެއެވެ. މި ޖަލްސާގައި ޖުމްލަ 119 ހިއްސާދާރުން ބައިވެރިވަޑައިގަތެވެ.

ޖަލްސާގައި ނިންމާފައިވާ ނިންމުންތައް:

  1. 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
  2. 2021 ވަނަ އަހަރުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
  3. 2022 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯރޓް ހުށަހަޅައި ފާސްކުރެއްވިއެވެ.
  4. 2022 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބު ހުށަހަޅައި ފާސްކުރެއްވިއެވެ.
  5. 2022 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ އަދަދު ފާސްނުވާކަމަށް ނިންމެވިއެވެ.
  6. 2023 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުގެ ގޮތުގައި ޕްރައިސްވޯޓާހައުސްކޫޕާރސް ޢައްޔަންކޮށް، -/512,348 ރުފިޔާގެ އުޖޫރަ ކަނޑައަޅަން ނިންމެވިއެވެ.
  7. ކުންފުނީގެ ހިންގާ ގަވާއިދައް ހުށަހެޅި އިސްލާހު ފާސްކުރެއްވިއެވެ.
  8. ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބެވި މެންބަރުން އިއުލާންކުރެއްވިއެވެ.

   ވީމާ، މިކަން ކުންފުނީގެ އެންމެހާ ހިއްސާދާރުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

19 ޖޫން 2023