މަސައްކަތް
ނަންބަރު: (IUL)MMPRC-HAS/1/2015/9
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 16:36
ސުންގަޑި: 08 ފެބުރުވަރީ 2015 15:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ލ. ބަރެސްދޫގައި ބަނދަރާއި ޖެޓީ ތަރައްޤީކުރުމަށް

ތުނބުރި އިންޓަރގްރޭޓަޑް ރިސޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގައި ހިމެނޭ ރަށެއްކަމުގައިވާ ލ.އަތޮޅު ބަރެސްދޫގައި ބަނދަރާއި ޖެޓީ ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

މިކޯޕަރޭޝަނުން ލ.އަތޮޅުގައި ކުރިޔަށްގެންދާ އިންޓަރގްރޭޓަޑް ރިސޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން އެއަތޮޅު ބަރެސްދޫގައި ބަނދަރު އަދި ފާލަން ޑިޒައިންކޮށް ތަރައްޤީކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުށަހެޅުމާގުޅޭ އެންމެހައި މަޢުލޫމާތު ހިމެނޭ "ނޮން ރިފަންޑަބަލް" ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 2 ފެބުރުވަރީ 2015 އިން ފެށިގެން 8 ފެބުރުވަރީ 2015 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 15:00 ގެ ނިޔަލަށް، ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހުންނެވެ. ބީލަން ފޮތެއްގެ އަގަކީ -/5000 (ފަސް ހާސް) ރުފިޔާއެވެ.  

ބީލަން ފޮތް ގަންނަ ފަރާތަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވި ވިޔަފާރިކުރަމުން އަންނަ ލިމިޓެޑް ލަޔަބިލިޓީ ކުންފުންޏަކަށް ވާންވާނެއެވެ. މިގޮތުން، ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ، ބީލަން ފޮތް ގަތުމަށް ބޭނުންވާ ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ މިކޯޕަރޭޝަނަށް ހުށަހެޅުމުންނެވެ. ކޮންމެ ފަރާތަކަށްވެސް ވިއްކުމަށް ހަމަޖެހިފައިވަނީ ޚާއްޞަ ސީރިއަލް ނަންބަރެއް ހިމެނޭ 01 ބީލަން ފޮތެވެ. ބީލަން ފޮތް ގަތުމަށްފަހު އެހެން ފަރާތެއްގެ ނަމަށް ބީލަންފޮތް ބަދަލެއް ނުކުރެވޭނެއެވެ.

ބީލަން ހުށަހެޅުމާ ބެހޭގޮތުންނާއި ބަނދަރު އަދި ފާލަން ޑިޒައިންކޮށް ތަރައްޤީ ކުރުމާބެހޭގޮތުން އިތުރަށް މަޢުލޫމާތު ދިނުމަށް 08 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 15:15 ގައި ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކޯޕަރޭޝަނުގެ އޮފީހުގައި ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވޭނީ ބީލަން ފޮތް ގަންނަ ފަރާތްތަކަށެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ފެބުރުވަރީ 2015 ގެ 14:45 އެވެ. އަދި ބީލަންތައް ހުޅުވުމުގެ ބައްދަލުވުން ފެށޭ ގަޑިއަކީ 15 ފެބުރުވަރީ 2015 ގެ 15:00 އެވެ. ބީލަން ހުށަހަޅާ އެންމެހައި ފަރާތްތައް ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވުމަކީ އެދެވިގެންވާ ކަމެކެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުން ނުވަތަ ނަންބަރަށް ގުޅުއްވުން އެދެމެވެ.

ފޯން: 3323228

އީމެއިލް: [email protected]  ނުވަތަ [email protected]

01 ފެބުރުވަރީ 2015