ދިވެހިރާއްޖެ
އިޢުލާން
ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިންނަށް އެއްވަރަށް ޕޮއިންޓް ލިބިފައިވާ ފަރާތްތަކާއިގުޅޭ
މި އިދާރާގެ ނަންބަރު: (IUL)365-ESMS/2022/61 އިއުލާނާ ގުޅިގެން މ.މުލިން ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތަކަށް ގޯތި ކޮމިޓީއިން ޕޮއިންޓް ދީ ވަގުތީ ލިސްޓް އެކުލަވާލިއިރު ދެމަފިރިންނަށް އެއްވަރަށް ޕޮއިންޓް ލިބިގެން ވަގުތީ ލިސްޓުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.
''މ.މުލިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު – 2022'' ގެ (5) ވަނަ މާއްދާގެ 5.1 ގައި ގޯތި ލިބޭ މީހުންގެ ތެރޭގައި ދެމަފިރިއަކު ހިމެނިއްޖެނަމަ ގޯތި ދޫކުރެވޭނީ އޭގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ މީހެއްކަމަށް ބަޔާންކޮށްފައިވާނެއެވެ. ޕޮއިންޓްގެ ގޮތުން ދެމަފިރިން އެއްވަރު ވެއްޖެނަމަ ގޯތި ލިބޭ ފަރާތެއް ނިންމާނީ އެދެމީހުންގެ މެދުގައި ވާހަކަދައްކައިގެން ކަމަށްވެސް ބަޔާންކޮށްފައިވާނެއެވެ. އަދި މިގޮތަށްވެސް އެއްބަސް ނުވެވިއްޖެނަމަ، ގޯތި ލިބޭ މީހެއް ކަނޑައަޅާނީ ކޮމިޓީގެ ހާޟިރުގައި ދެމަފިރިންގެ މެދުގައި ގުރުއަތުލައިގެންކަންވެސް ބަޔާންކޮށްފައިވާނެއެވެ.
ވީމާ ދެމަފިރިންނަށް އެއްވަރަށް ޕޮއިންޓް ލިބިގެން ވަގުތީ ލިސްޓުން ގޯތި ލިބިފައިވާ ފަރާތްތަކުން ގޮތެއް ނިންމުމަށްފަހު ދެމަފިރިންގެ ސޮއި ކުރި ލިޔުމެއް 06 ޖުލައި 2023 ގެ 14:00 ގެ ކުރީން މުލީ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިވަގުތާ ހަމައަށް ގޮތެއް ނިންމަވާ ލިޔުން ހުށަހަޅާފައި ނުވާނަމަ ގޯތި ކޮމިޓީގެ ހާޟިރުގައި ދެމަފިރިންގެ މެދުގައި ގުރުއަތުލައިގެން ގޯތި ދޫކުރެވޭ ފަރާތް ކަނޑައެޅޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.