ކުއްޔަށް ދިނުން
ނަންބަރު: (IUL)419/419/2023/50
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 22:41
ސުންގަޑި: 06 ޖުލައި 2023 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

ގދ.ގައްދޫ އިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

                     މިއީ، ގދ.ގައްދޫ ފުއްޓަރު ގޯއްޗާއި އިންވެގެން ދެކުނަށް އޮތް ހުސްބިމުން 2304  ) ދެހާސް ތިންސަތޭކަ ހަތަރު(  އަކަފޫޓްގެ ބިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތައް ހިންގުމަށް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރުސަތު  ހުޅުވާލުމަށް ކުރެވޭ އިޢުލާނެކެވެ.

                     ވީމާ، މިބިމުގައި ފަތުރުވެރިކަމާއި ގުޅުން ހުރި އެހެނިހެން ކަންތައްތައް ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 06 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

         18 ޖޫން 2023                                                  

18 ޖޫން 2023