ވަޒީފާގެ ފުރުޞަތު
ނަންބަރު: O.8-SM /2015/01
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 16:16
ސުންގަޑި: 04 ފެބުރުވަރީ 2015 15:00
ފޮނަދޫ ޞިއްޙީ މަރުކަޒު، ލ. ފޮނަދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ހައްދުންމަތީ ފޮނަދޫ ޞިއްޙީ މަރުކަޒުގެ އިދާރީ ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/75 ރުފިޔާ

ސެކްޝަން:

އެޑްމިން އެންޑް އެޗް. އާރް

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ފޮނަދޫ ޞިއްޙީ މަރުކަޒަށް އަންނަ ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަތުމާއި، އެތަކެތި އެންޓަރކޮށްފައި ކަމާބެހޭ ފަރާތްތަކާ ހަވާލުކުރުން.
  • މަރުކަޒަށް އަންނަ ޢާންމު ފޯނުކޯލްތަކަށް ޖަވާބުދާރީވުމާއި، އެފަރާތްތަކުން ގުޅަން ބޭނުންވާ ފަރާތްތަކަށް ރައްދުކޮށް.
  • އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި އެފަރާތްތަކަށް ފޮނުވައި، ފޮނުވޭ ލިޔުން ފަސޭހައިން ފެންނާނެ ގޮތަކަށް ފައިލްކޮށް ބެލެހެއްޓުން.
  • މި މަރުކަޒަށް ބޭނުންވާ ސްޓޭޝަނަރީޒް، ކޮންސިއުމަބަލްސް، އެސެޓްސްފަދަ ތަކެތި ގަތުމާއި، އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • އޮފީހަށް އަންނަ މެހްމާނުން ބަލައިގަނެ، ބައްދަލުކުރަން އަންނަ ފަރާތާ ބައްދަލުކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ހަވާލުކުރާ މަސައްކަތަކާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
  • މަރުކަޒުގައި ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • މަރުކަޒުގެ ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރާ މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ ޢުސޫލުން އިތުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ލ. ފޮނަދޫ ޞިއްޙީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
  • އެހެން ވަޒީފާއެއްގައި ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެއްކަމުގެ ލިޔުން.
  • ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  •  ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

ސުންގަޑި:

  • 2015 ފެބުރުވަރީ 4 ވާ އަންގާރަ ދުވަހުގެ 3:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމާއެކު ހުށައަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ލ. ފޮނަދޫ ޞިއްޙީ މަރުކަޒުގެ އޮފީހަށް ހުށައެޅުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

  • މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ ލ. ފޮނަދޫ ޞިއްޙީ މަރުކަޒުގައެވެ. ޢިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި އިންޓަވިއުއަށް ހާޒިރުވުމަށް އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނެ ފޯނު ނަންބަރަކީ 6800789 އެވެ. ފެކްސް ނަންބަރަކީ 6800780 އެވެ.

6 ރަބީޢުލްއާޚިރު 1436

27 ޖަނަވަރީ 2015