ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)328-ED/328/2023/53
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 15:26
ސުންގަޑި: 06 ޖުލައި 2023 13:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023 - 2024 ވަަނަ އަހަރު ހަބަޝީ ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމަށް ހުޅުވާލުން

2023 – 2024 ހަބަޝީ ޕްރީސްކޫލަށް ދަރިވަރުން ވެއްދުމާއި ބެހޭ

ހަބަޝީ ޕްރީސްކޫލަށް ދަރިވަރުންވެއްދުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލެވިފައެވެ.

#

ގްރޭޑް

2023 – 2024 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާ

01

ނާސަރީ

3އަހަރު ފުރި 4 އަހަރު  ނުފުރޭ ކުދިން

02

ބޭބީ ނާސަރީ

2 އަހަރު ފުރި 3 އަހަރު  ނުފުރޭ ކުދިން

03

ޕްރީ ބޭބީ ނާސިރީ

1އަހަރު ފުރި 2 އަހަރު  ނުފުރޭ ކުދިން (ޕްރީ ބޭބީ ނާސަރީ ކްލާސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކަށީގެންވާ އަދަދަށް ދަރިވަރުން ހަމަވެއްޖެނަމައެވެ.)

 

ވީމާ، ހަބަޝީ ޕްރީ ސްކޫލަށް ވެއްދުމަށް އެދޭ ދަރިވަރުންގެ ބެލެނިވެރިން، 2023 ޖުލައި 06 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، "ހަބަޝީ ޕްރީސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭ ފޯމް"

ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.

 

ސްކޫލަށް ވެއްދުމަށް އެދޭ ފޯމް ކުރެންދޫ ކައުންސިލުން ލިބެންހުންނާނެއެވެ.

18 ޖޫން 2023