ވަޒީފާގެ ފުރުޞަތު
ނަންބަރު: 216-MPAO-HR/IUL/2023/36
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 04 ޖުލައި 2023 15:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ، ހިއުމަން ރިސޯސެސް

މަޤާމް: އެސިސްޓެންޓް މެނޭޖަރ، ހިއުމަން ރިސޯސެސް

ޑިޕާޓްމަންޓް: ހިއުމަން ރިސޯސެސް

ބޭނުންވާ ޢަދަދު: 1

ވަޒީފާގެ ބާވަތް: ވަގުތީ

ކޮންޓްރެކްޓްގެ މުއްދަތު: ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެއް އަހަރު ހަމަވުމުން، މަސައްކަތުގެ ފެންވަރު ބަަލައި ރަނގަޅުނަމަ، ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވިދާނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން: 
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)

ރަސްމީ މަސައްކަތު ގަޑި:ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)

މަޤާމުގެ ޝަރުޠުތައް:

  • ހިއުމަން ރިސޯސެސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން ބެޗެލަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުން. އަދި،

  • ބެޗެލަރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކުރުމަށްފަހު، ހިއުމަން ރިސޯސެސްގެ ދާއިރާއިންމަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • ހިއުމަން ރިސޯސެސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން ބެޗެލަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުން. އަދި،

  • ޕެންޝަން އޮފީހުގައި މަސައްކަތާގުޅޭ އޮޕަރޭޝަނަލް ލެވެލްގެ މަޤާމެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް، ފާއިތުވީ 2 އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުން %85 ޙާޞިލްކޮށްފައިވުން.


މަޤާމުގެ މަސްއޫލިއްޔަތުތައް:

މި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.

މުސާރަ އާއި ޢިނާޔަތްތައް:

އަސާސީ މުސާރަ އަދި ޢިނާޔަތްތައް ހިމެނޭ ގޮތަށް ޖުމްލަ 23،500.00ރ

އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް  މެދުވެރިކޮށެވެ.

ޕެންޝަން ޕޯޓަލްގެ ލިންކު: jobs.pension.gov.mv

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ)

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 

  • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ  (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ) 

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  

  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތައް

  • ޕޮލިސް ރިޕޯޓް (04 މަސް ނުވާ)

އިންޓަރވިއު އަދި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާނު ބޭއްވޭނީ 05 ޖުލައި 2023 އާއި 20 ޖުލައި 2023  އާއި ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ. 

ނޯޓް:

  • އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.

  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

18 ޖޫން 2023