މުބާރާތް
ނަންބަރު: (IUL)266-SECE/266/2023/145
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 03 ޖުލައި 2023 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ބަށިބޯޅަ މުބާރާތް – ހދ. އަތޮޅު ލީގް 2023

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސަތްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން، ހދ އަތޮޅަށް ހުޅުވާލެވިގެން ކުރިޔަށްގެންދެވޭ ބަށި މުބާރާތް "ކުޅުދުއްފުށި ބަށިބޯޅަ މުބާރާތް – ހދ. އަތޮޅު ލީގް 2023" ކުޅުދުއްފުށި ސިޓީގައި 28، 29، 30 ޖުލައި 2023 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 03 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް، ލިންކު https://forms.gle/qwvQ6KWhf36VR6N58 މެދުވެރިކޮށް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ޓީމް ލިސްޓް، 15 ޖުލައި 2023 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ޓީމް ލިސްޓް ބަލައިގަނެވޭނީ މިއިދާރާގެ އީމެއިލް:[email protected]  މެދުވެރިކޮށެވެ.

މުބާރާތުގެ ޤަވާއިދު މިއިދާރާގެ ވެބްސައިޓްwww.kulhudhuffushicity.gov.mv  އިން ލިބެން ހުންނާނެއެވެ. އަދި މުބާރާތުގެ ޤަވާއިދު މި އިއުލާންއާއެކު ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527122 ނުވަތަ 6527131 އަށެވެ.

18 ޖޫން 2023