ދިވެހިރާއްޖެ
ނަންބަރ: GS-171/IUL/2023/07
އިޢުލާނު
މި ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދީ ވިއްކައި ދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 18ޖޫން 2023 ން 02 ޖުލައި 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8.30 އިން 13.00އަށް މިސްކޫލްގެ އިދާރާއަށް ވަޑައިގަތުމުން ނަންނޯޓު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެހަށް ޢިއުލާން ނަންބަރު، ވިޔަފާރި / ކުންފުނީގެ ނަން، ހުށައަޅުއްވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު، މަޢުލޫމާތު ހޯދުމަށް ގުޅަންވީ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު އަދި ފޯނު ނަންބަރު ހިމެނުއްވުން އެދެމެވެ.
- ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓު ކުރާ ފަރާތްތަކަށެވެ.
- މި މަސައްކަތާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވެލައްވާނަމަ 05 ޖުލައި 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމުން ސްކޫލް އޮފީހަށް ހުށައެޅުއްވުން އެދެމެވެ. އީ-މެއިލް ކުރައްވާނަމަ [email protected] އަށެވެ.
- ބީލަންހުށަހެޅުމާއި ހުޅުވުންއޮންނާނީ 06 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10.00ގައި ހުޅުދެލީ ސްކޫލް ގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާނަމަ، އަންދާސީ ހިސާބު ހުށަހަޅުއްވާނީ ކޮންފަރާތެއްކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށައަޅުއްވާ ފަރާތް ވަޑައިގަތުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- މި މަސައްކަތާއި ގުޅޭ ބީލަން ފޮތް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެރުވޭނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ހުޅުދެލީސްކޫލް، ފޯން: 7952918
އީމެއިލް އެޑްރެސް: [email protected]