ޢާންމު މަޢުލޫމާތު
ނަންބަރު: E18-SM/IUL/2023/04
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 06 ޖުލައި 2023 10:30
ހުޅުދުއްފާރު ޞިއްޙީ މަރުކަޒު، ރ. ހުޅުދުއްފާރު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުން ވެއްޖެ.

               މި މަރުކަޒުގައި ހަރުކުރެވިފައިވާ ލަކުޑި 9 ކުޑަދޮރާއި ، 2 ބޮޑުދޮރު އަދި 2 ފާޚާނާ ދޮރު ، ދޮރުފަތް ނަގާ އެލްމެނިއަމް ދޮރަށް ބަދަލްކޮށް ، މިމަރުކަޒަށް ހޯދަންޖެހޭ ބައެއް ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން  22 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ހުޅުދުއްފާރު ޞިއްހީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 06 ޖުލައި 2023 އާދީއްތަ ދުވަހުގެ 10:30 އަށް ހުޅުދުއްފާރު ޞިއްހީމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (ޤާނޫނު ނަމްބަރ:18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ:19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

               މަޢުލޫމާތު ސާފު ކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީއެއް އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ.

18 ޖޫން 2023