ވަޒީފާގެ ފުރުޞަތު
ނަންބަރު: H5C-A/2023/13
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 04 ޖޫން 2023 13:00
މާލެއަތޮޅު ހުރާ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓު އޮފިސަރ (ވަގުތީ)

                         `                    

 

 

 

  މާލެއަތޮޅު ހުރާ މެޖިސްޓްރޭޓް ކޯޓު

            ހުރާ 

          ދިވެހިރާއްޖެ

 

                       ނަންބަރު:  H5C-A/2023/13

އިޢުލާނު

 

މަޤާމު:

ކޯޓު އޮފިސަރ

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވަގުތީ

މުއްދަތު: ގިނަވެގެން 06 މަސްދުވަސް (ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން ވިހެއުމުގެ ޗުއްޓީގައި ހުންނަ މުވައްޒަފު ޗުއްޓީ ނިމޭ ދުވަހާ ހަމައަށް)

މަޤާމުގެ ރޭންކު:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް – 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލެއަތޮޅު ހުރާ މެޖިސްޓްރޭޓް ކޯޓު، ކ.ހުރާ

މުސާރަ:

-/4465 ރުފިޔާ

އެހެނިހެން އެލަވަންސް:

-   ސާރވިސް އެލަވަންސް -/1500 ރުފިޔާ

-   ޖުޑީޝަލް އެލަވަންސް: -/893 ރުފިޔާ  (މުސާރައިގެ %20)

-   ލިވިންގް އެލަވަންސް -/2550 ރުފިޔާ

ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މައްސަލަތަކާއި ގުޅިގެން، ކޯޓަށް ޙާޟިރު ކުރަންޖެހޭ މީހުން ދެނެގަތުމާއި، ކޮންމެ ދުވަހަކު ބޭއްވޭ މައްސަލަތަކަށް ވަމުންދާ ގޮތާއި އެޅި ފިޔަވަޅުތަކާއި، ކުރިއަށް އަޅަންޖެހޭ ފިޔަވަޅުތައް، ރެކޯޑު ޝީޓުގައި ދުވަހުން ދުވަހަށް ލިޔުމާއި، ޗިޓާއި އަދި އަމުރު ރައްދުވެފައިވޭތޯ ބަލައި، ނުހިންގޭ މައްސަލަތަކުގެ މަޢުލޫމާތު ފަނޑިޔާރަށް ދެންނެވުމާއި އަދި ދުވަހުން ދުވަހަށް ބާއްވާ މައްސަލަތަކުގެ ލިޔުންތައް ބެލެހެއްޓުން.
  2. ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅު ކޯޓުގެ މެޖިސްޓްރޭޓް އަންގާ ގޮތެއްގެ މަތިން އެޅުމާއި، ޝަރީޢަތާއި ގުޅިގެން ނަގާފައިވާ ބަޔާންތައް މަހުޟަރުކުރުމާއި މިނޫންވެސް ކޯޓަށް ހުށަހެޅޭ ޝަރުޢީ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީ ކަންކަން ކުރުން.
  3. ކޯޓުން ނިންމާ މައްސަލަތަކުގެ ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވުމާއި، އަދި ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުމާއި، ބެލެހެއްޓުން.
  4. ކޯޓަށް ޙާޟިރުކުރަން ބޭނުންވާ މީހުންގެ އަމުރު ތައްޔާރުކޮށް ފޮނުވުމާއި، އަމުރުތައް އެފަރާތްތަކަށް ރައްދުވިތޯ ބެލުމާއި، އަމުރާއި ޙަވާލުނުވާ މީހުންނާއި ފިލައިގެންއުޅޭ މީހުންގެ މަޢުލޫމާތު ހޯދައި އެތަނެއްގައި އަމުރު ހަރުކުރުމުގެ މަސައްކަތްކުރުން.
  5. ބަންދު އަމުރާއި ބަލާފާސްކުރުމުގެ އަމުރާއި ޙުކުމް ތަންފީޛު ޗިޓާއި، އަދި އެކިއެކި އަމުރު ތައްޔާރުކުރުމުގައި އެހީތެރިވުން.
  6. ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށާއި ކާވެނީގެ މަޖިލީހަށް މީހުން ވެއްދުމާއި، ނެރުމާއި، ޝަރީޢަތުގެ މަޖިލީހުގައި ލިޔަންޖެހޭ އެންމެހާ ލިޔުންތައް ލިޔެ ތައްޔާރުކުރުމާއި ޝަރީޢަތުގެ މަޖިލިސް ފަރުވާތެރިކަމާއެކު ބެލެހެއްޓުން.
  7. އޯޑިއޯ އަދި ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ހިންގާ އެހެން ކޯޓުތަކުގެ ޝަރީޢަތުގެ މަޖިލީހުގެ އަޑުއެހުންތައް އިންތިޒާމްކޮށް ބެލެހެއްޓުމާއި، ބަޔާންތަކާއި ލިޔުންތަށް ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލުކުރުން.
  8. ކޯޓަށް ޙާޟިރުކުރެވޭ މީހުން ކޯޓު ތެރޭގައި ނޭދެވޭ ޢަމަލު ކުރާނަމަ ނުވަތަ ޤާނޫނާއި ޚިލާފު ޢަމަލުކުރުމާއެކު ކޯޓުގެ ޙުރުމަތް ކެނޑޭގޮތަށް އަޑުގަދަކޮށް ޒުވާބުކުރާނަމަ އެކަން ހުއްޓުވުން.
  9. ކޯޓަށް ހުށަހެޅޭ ވަރި ކައިވެނިތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްކުރުން.
  10. ސީ.އެމް.އެސް ދުވަހުން ދުވަހަށް އަޕްޓޭޑް ކުރުން.
  11. ކޯޓުން ނިންމާ މައްސަލަތަކުގެ ތަފާސް ހިސާބު އަދާހަމަކުރުން.
  12. ކުށުގެ ރެކޯޑް ލިޔެ ބެލެހެއްޓުމާއެކު ކުށުގެ ރެކޯޑް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކޯޓުގައި ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި އަދި ކޯޓުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުން ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއި އެކު؛

1-                ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް"  ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.  

      ނުވަތަ؛

2-    މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާޞިލުކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ޝަރީޢާ / ޤާނޫނު

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ޝަރީޢަތާއި ޤާނޫނު

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ، ވަޒީފާއަދާކުރަން ޖެހޭ އިދާރާގެ މުވައްޒަފުންނާ ތިރީގައި ބަޔާންކޮށްފައި އެވާ ފަދަ ގުޅުމެއް އޮތް މީހަކު ކަމުގައި ނުވުން.

1.1.   މަންމަ (ދޮންމަންމަ ހިމެނޭގޮތަށް)

1.2.   ބައްޕަ (ދޮންބައްޕަ ހިމެނޭގޮތަށް)

1.3.   ކާފަ

1.4.   މާމަ

1.5.   އަނބިމީހާ

1.6.   ފިރިމީހާ

1.7.   މައިދައިތަ

1.8.   ބަފައިބެ

1.9.   ބޮޑުދައިތަ

1.10.                        ބޮޑުބޭބެ

1.11.                        އެއްބަނޑު މީހުން

1.12.                        އެއްބަފާ މީހުން

1.13.                        އެއްބަނޑު އެއްބަފާ މީހުން

1.14.                        ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)

1.15.                        މަތީގައި ބަޔާންކޮށްފައި އެވާ 9 އިން 14 އަށް ހުރި ފަރާތްތަކުގެ ތެރެއިން ފަރާތަކާ ކައިވެނިކޮށްގެން އުޅޭ މީހުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި ކޯޓުގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  www.judiciary.gov.mv
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މާރކްސް

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

25

އިންޓަރވިއު

35

ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ޖުލައި 04 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މާލެއަތޮޅު ހުރާ މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް     ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 06 ޖުލައި 2023 އާއި     13 ޖުލައި 2023 އާ ދެމެދު، މާލެއަތޮޅު ހުރާ މެޖިސްޓްރޭޓް ކޯޓުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640273 / 6640274 އަށެވެ. އީ-މެއިލް ކުރާނީ:

 [email protected] އަށެވެ.

  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.

 

29 ޛުލްޤަޢިދާ 1444

18 ޖޫން 2023

 

 

 

 

                                                                      

18 ޖޫން 2023