ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ކޮންސަލްޓިންގ ސަރވިސަސް ފޯ ޕްރިޕެރޭޝަން އޮފް ރީޖަނަލް ޑިވެލޮޕްމަންޓް ޕްލޭންސް
“ MV-MONPI-356968-CS-QCBS ރިފަރެންސް ނަންބަރު: "
މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއަންސް ޕްރޮޖެކްޓް
Grant no: IDA-D5540
(ޕްރޮޖެކްޓް ނަންބަރު: TES/2023/C-004)
1. ވޯރލްޑް ބޭންކްއިން ދިވެހި ސަރުކާރަށް ލޯނު އަދި ހިލޭ އެހީގެ ގޮތުގައި ލިބުމަށް ހަމަޖެހިފައިވާ ފައިސާއިން "މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއަންސް ޕްރޮޖެކްޓް" ގެ ދަށުން " ކޮންސަލްޓިންގ ސަރވިސަސް ފޯ ޕްރިޕެރޭޝަން އޮފް ރީޖަނަލް ޑިވެލޮޕްމަންޓް ޕްލޭންސް" ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
2. މި ކޮންސަލްޓަންސީގެ މައިގަނޑު މަޤްސަދަކީ ޑިވެލޮޕް އެންޑް ޑީޓެއިލް އައުޓް ރީޖަނަލް ޑިވެލޮޕްމަންޓް ޕެލޭންސް އިން ލައިން ވިތް އެންއެސްޕީ، އައިލޭންޑް ޑިވެލޮޕްމަންޓް ޕްލޭންސް، އެޓޯލް ޑިވެލޮޕްމަންޓް ޕްލޭންސް އެންޑް އެނީ ސެކްޓަރަލް ޕްލޭންސް، ޕޮލިސީސް އެންޑް ޑޮކިއުމަންޓްސް. ކޮންސަލްޓަންޓް ކެޕޭސިޓީ ބިލްޑިންގް އެކްޓްވިޓީސް ލޯކަލް އަދި ސެންޓްރަލް ގަވަރމަންޓަށް ހިންގަންވާނެއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ރީޖަނަލް ޑިވެލޮޕްމަންޓް ވިޝަންގެ ދަށުން ޓެކްނިކަލް އެސިސްޓެންސް ދޭންވާނެއެވެ. މިމަސައްކަތުގެ މުއްދަތަކީ ކޮންޓްރެކްޓްގައި ސޮއިކުރާ ތާރީޙް ފެށިގެން 12.25 މަސް ދުވަހެވެ.
3. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އިން މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރެފެރަންސް (ޓީ.އޯ.އާރު) އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.
4. މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވާރލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.
5. މި ކޮންސަލްޓަންޓަންސީ މަސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ޖޮއިންވެންޗަރ (ޖޭވީ)ގެ ގޮތުގައި ހުށަހެޅިދާނެއެވެ. މި ގޮތަށް ހުށަހަޅާއިރު ޖޮއިންވެންޗަރ (ޖޭވީ) ނުވަތަ ސަބްކޮނަސަލްޓަންސީއެއް ކަން ސާފުކޮށް އެގެން އޮންނަން ވާނެއެވެ. ޖޮއިންޓް ވެންޗަރގެ ގޮތުގައި ކުރިމަތިލުމަށްފަހު މި މަސައްކަތަށް ހޮވިއްޖެނަމަ، މިމަސައްކަތުގައި ދިމާވާ ކޮންމެ ކަމެއްގައި ހުރިހާ ފާރމް ތަކަކުން ހަމަހަމައަށް ޒިންމާ ނަގަންޖެހޭނެއެވެ.
6. މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެހެން ފާރމްތަކާއި އެސޯސިއޭޓްވެގެން ކުރިމަތި ލެވޭނެއެވެ. މިގޮތުން އެހެން ފާރމްއަކާއި އެސޯސިއޭޓް ވާނަމަ، އެސޯސިއޭޝަންގެ ބާވަތް (ޖޮއިންޓް ވެންޗަރ ނުވަތަ ސަބްކޮންސަލްޓަންޓް) ލިޔުމުން އަންގަންވާނެއެވެ. ޖޮއިންޓް ވެންޗަރއެއްގެ ގޮތުގައި ކުރިމަތިލުމަށްފަހު މި މަސައްކަތަށް ހޮވިއްޖެނަމަ، ކޮންޓްރެކްޓްގެ ކޮންމެ ކަމެއްގައި ބައިވެރިވާ ހުރިހާ ފާރމްތަކަކުން ހަމަހަމައަށް ޒިންމާ ނަގަންޖެހޭނެއެވެ.
7. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓުwww.finance.gov.mv ގައި ޝާޢިއު ކުރެވިފައިވާނެއެވެ.
8. ވީމާ، މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 6 ޖުލައި ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ފާޠިމަތު ރިޝްފާ އަޙްމަދު،
ނެޝަނަލް ޓެންޑަރ،
މިނިސްޓްރީ އޮފް ފިނޭންސް
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : +960 3349147, +960 3349117
އީމެއިލް : [email protected]
ކޮޕީ : [email protected]