ދިވެހިރާއްޖެ
މަޤާމު: |
ސީނިއަރ އެކްރެޑިޓޭޝަން އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-351406, J-351407 |
ބޭނުންވާ އަދަދު: |
2 ( ދެއެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
އެމް. އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
5 ވަނަ ފަންގިފިލާ، އުމަރު ޒާހިރު އޮފީސް އިމާރާތް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ / ހުޅުމާލެ |
މުސާރަ: |
-/7,035 ރ |
ސަރވިސް އެލަވަންސް: |
-/2,000 ރ |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1.މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން ޕްރޮގްރާމް އެޕްރޫވަލް ދީފައިވާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ އިންސްޓިޓިއުޝަނަލް އޮޑިޓް ކުރުމުގެ މަސައްކަތް އެކަމަށް ހެދިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ތަންފީޒުކޮށް ކުރިއަށް ގެންދިޔުން 2.ޕްރޮގްރާމްތައް އެޕްރޫވް ކުރުމަށް ހެދިފައިވާ ގައިޑްލައިން އަދި މެނުއަލް ޤަވާއިދުން މުރާޖަޢާކޮށް، އިޞްލާޙެއް ގެންނަންޖެހޭ ނަމަ، ވެރިންގެ އިރުޝާދުގެ ދަށުން އެ އިޞްލާޙެއް ގެނައުމުގެ ކަންކަން ކުރުން. 3.ޕްރޮގްރާމް އެޕްރޫވް ކުރުމަށް ޕޫލްއެއް އެކުލަވާލާ، ޕޫލްއާއެކު ބައްދަލުކޮށް، 'ޕްރޮގްރާމް އެޕްރޫވަލް ގައިޑްލައިން ' އަދި 'މެނުއަލް ފޯރ ކޮންޑަކްޓިކްޓިންގ ޕްރޮގްރާމް އެޕްރޫވަލް' ގެ މަޢުލޫމާތު ޙިއްސާ ކުރުން، އަދި ޕްރޮފެޝަނަލް ދާއިރާތަކުން އެދާއިރާތަކުގެ ކޯސްތަކުގައި ހުރުމަށް ވަކި ޝަރުތެއް /އެންޓްރީ ކްރައިޓީރިއާއެއް ކަނޑައަޅާފައިވާނަމަ ހިއްސާކުރުން. 4.ސެކްޝަންގެ މުވައްޒަފުންނަށް ދުނިޔޭގެ އެންމުފަހުގެ / 'ބެސްޓް ޕްރެކްޓިސެސް އޮން އެކްރެޑިޓޭޝަން' އާ ގުޅޭ މަޢުލޫމާތު ޙިއްސާކޮށް، ހޭލުންތެރިކުރުމުގެ ސެޝަންތައް ރާވާ ހިންގުން. އަދި ޕްރޮގްރާމް އެޕްރޫވަލްގެ ކަންކަން ކުރުމަށް މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމުގެ ކަންކަން ރާވާ ހިންގުން. 4.ޕްރޮގްރާމް އެޕްރޫވަލްގެ ކަންކަން ކުރުމަށް ބޭނުންވާ ލިޔެކިއުން ތައްޔާރުކުމުގެ މަސައްކަތް އިސް ވެރިންނާއެކު ކޮށް، ސެކްޝަންގެ ހުރިހާ މުވައްޒަފުން އަލަށް ހެދޭ ޑޮކިއުމެންޓްތަކަށް ހޭލުންތެރިކުރުން 5.ކިޔަވާދޭ މަރުކަޒުތަކުގެ ޕްރޮގްރާމް ތައްޔާރުކުރާ ފަރާތްތަކަށް 'ޕްރޮގްރާމް އެޕްރޫވަލް' އަދި 'ޕްރޮގްރާމް އެކްރެޓޓޭޝަން' އާ ގުޅޭ މަޢުލޫމާތުދިނުމުގެ ކަންކަން ރާވާ ހިންގުން، ޙާއްޞަކޮށް އަލަށް އުފައްދާ މަރުކަޒުތަކުން އެދިއްޖެނަމަ ބައްދަލުކޮށް، މަޢުލޫމާތު ފޯރުކޮށްދިނުން 6.މަތީ ތަޢުލީމު ދޭ މަރުކަޒުތަކުގެ ޕްރޮގްރާމް އެޕްރޫވަލް/ އެކްރެޑިޓޭޝަންއާ ގުޅޭ އެންމެހާ ލިޔެކިއުން ޤަވާއިދުން ފައިލްކޮށް، ސްކޭން ކުރި ޑޮކިއުމެންޓްތައް / ސޮފްޓް ކޮޕީތައް ފަސޭހައިން ލޮކޭޓް ކުރެވޭނެ ގޮތަކަށް ސޭވްކުރުން. 7.ސެކްޝަނުގެ މަސައްކަތް ކުރުމަށް ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ، ބައްދަލުވުންތަކުގެ ޔައުމިއްޔާ (ސޮފްޓް ކޮޕީ އާއި ހާޑް ކޮޕީ) ޤަވާއިދުން ފައިލްކުރުން / ސޭވްކުރުން. 8.މަތީ ތަޢުލީމު ދޭ މަރުކަޒުތަކުގެ ޕްރޮގްރާމް އެޕްރޫވަލްއާ ގުޅިގެން މަޢުލޫމާތު ހޯދުމަށް އަންނަ ފޯނުކޯލުތަކަށް ޖަވާބުދިމުމާއި ޕްރޮގްރާމަކާ ގުޅިގެން (އެޕްރޫވް ނުވެގެން ނުވަތަ ރިޖެޓްވެގެން ނުވަތަ އެހެންވެސް ސަބަބަކާ ހުރެ ބައްދަލުކުރަން އެދޭ ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު ދިނުން..
|
މަޤާމުގެ ޝަރުޠުތައް: |
ނުވަތަ
|
ތަޢުލީމީ ރޮނގުތައް:
ކޯ ޑިސިޕްލިން:
|
|
ގުޅޭ ވަޒީފާގެ ދާއިރާތައް:
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ޖުލައި 03 ގެ 13:30 ގެ ކުރިން، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު، އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނީ، 2023 ޖުލައި 05 އާއި 2023 ޖުލައި 15 އާ ދެމެދު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3026652 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |