މަސައްކަތް
ނަންބަރު: (IUL)101/1/2023/118
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2023
ޕަބްލިޝްކުރި ގަޑި: 09:39
ސުންގަޑި: 31 ޖުލައި 2023 16:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޮވިޑް-19 އާ ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގައިދޭނެ ފަރާތްތައް ހޯދުމަށް ތިންވަނަ ބުރަކަށް އިޢުލާނު ކުރުމާ ގުޅޭ - އައި. ސީ. ޓީ

އިޢުލާން

ކޮވިޑް-19 އާ ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް، މި މިނިސްޓްރީއާއި  ވޯލްޑްބޭންކްއާ ގުޅިގެން ހިންގަމުންދާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ތަމްރީނު ޕްރޮގްރާމްތަކެއް ހިންގައިދޭނެ ފަރާތްތަކެއް ހޯދުމާއި ގުޅޭގޮތުން މި މިނިސްޓްރީން 12 އެޕްރީލް 2022 ގައި ކުރެވުނު އިޢުލާން (ނަންބަރު (IUL)101-AS/1/2022/81) އާއި ގުޅިގެން ދަންނަވަމެވެ. މި ޢިއުލާނުގެ ދަށުން ކޯސްތައް ހިންގުމަށް ހުޅުވާލެވުނު ދާއިރާ ކަމަށްވާ އިންފޯމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ކޯސްތައް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށްއެދި ހުށަހެޅުމުގެ ފުރުސަތު ތިންވަނަ ބުރަކަށް ހުޅުވާލަމެވެ. މި ބުރުގައި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 31 ޖުލައި 2023 ގެ ނިޔަލަށެވެ.

ވީމާ، އައި.ސީ.ޓީގެ ދާއިރާއަށް ޚާއްސަކޮށް ތަމްރީނު ފްރޮގްރާމްތައް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މައުލޫމާތު ޝީޓަށް ރިޢާޔަތްކޮށް އެ ކަރުދާހުގައި ހިމަނާފައިވާ ރެޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. 

މި ޕްރޮގްރާމުގެ ދަށުން ތަމްރީނު ހިންގުމަށް ބޭނުންވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން މަތީގައި ދެންނެވުނު އެޕްލިކޭޝަން ފޯމާއި، ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް މިނިސްޓްރީގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އަދި އެހެނިހެން މަޢުލޫމާތު މި އިޢުލާނުގައިވާ އިންފޮމޭޝަން ޝީޓްގައި ހިމެނިފައިވާނެއެވެ.

17 ޝައްވާލް 1444

08 މޭ 2023