ދިވެހިރާއްޖެ
މިކޯޓުގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުމަށް
މި ކޯޓުގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުން، 22 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ފަންހިޔާގެ ގްރައުންޑް ފްލޯރގައި އޮންނާނެއެވެ. މި އިޢުލާނާއިއެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚަށް މި އިމާރާތަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ބޭފުޅުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.
ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
29 ޛުލްޤައިދާ 1444
18 ޖޫން 2023