ދިވެހިރާއްޖެ
2014 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވުނު ކެމްބްރިޖް އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ ނަތީޖާ ސްލިޕް (ސްޓޭޓްމަންޓް އޮފް ރިސަލްޓްސް) ދޫކުރުން.
2014 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުމަހުގައި ބޭއްވުނު ކެމްބްރިޖް އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ ނަތީޖާ ސްލިޕް 2015 ފެބުރުވަރީ 03 ވަނަ ދުވަހުން ފެށިގެން 2015 ފެބުރުވަރީ 18 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ދޫކުރާނެއެވެ. ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 ން 14:30އަށެވެ. ސެންޓަރުތަކުން ދޫކުރައްވާ ދުވަހެއް ކަނޑައަޅުއްވާނީ އެސެންޓަރަކުންނެވެ.
މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ނަންގަވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ.ކާޑާ ޙަވާލުވެވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑު ގެންނެވުން އެދެމެވެ. ސެންޓަރުތަކުގެ ނަތީޖާ ނަންގަވަން ވަޑައިގަންނަވާ ބޭފުޅެއްނަމަ، ސެންޓަރުގެ ލިޔުމަކާއި އައި.ޑީ ކާޑު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.
ނަތީޖާގައި އެއްވެސް މައްސަލައެއްވާނަމަ، 2015 ފެބުރުވަރީ 11 ވަނަ ދުވަހުގެ 1200 ގެ ކުރިން އެކަން ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. އަދި ނަތީޖާ ރީޗެކްކުރުމަށް ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރައްވައި 2015 ފެބުރުވަރީ 18 ވަނަ ދުވަހުގެ 14:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ސެންޓަރެއް މެދުވެރިކޮށް އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުން ރީޗެކްކުރުމަށް ހުށަހަޅާނީ އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށެވެ. ރީޗެކް ފީޝީޓު މިޑިޕާޓްމަންޓުންނާއި ސެންޓަރުތަކުން ލިބެން ހުންނާނެއެވެ.
7 ރަބީޢުލްއާޚިރު 1436