މަސައްކަތް
ނަންބަރު: (IUL)38-AB/38/2023/244
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 17:58
ސުންގަޑި: 04 ޖުލައި 2023 14:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރިޔާސީ އިންތިޙާބު 2023ގެ އެކިއެކި މަސައްކަތުގައި ޙަރަކާތްތެރިވާ މީހުންނަށް ބޭނުންވާ ކެއުމާއި ސައިގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން

 (IUL)38-AB/38/2023/244 :ނަންބަރު

އިޢުލާން

ރިޔާސީ އިންތިޙާބު 2023ގެ އެކިއެކި މަސައްކަތުގައި ޙަރަކާތްތެރިވާ މީހުންނަށް ބޭނުންވާ ކެއުމާއި ސައިގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން

މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް، ރިޔާސީ އިންތިޙާބު 2023ގެ އެކިއެކި މަސައްކަތުގައި ޙަރަކާތްތެރިވާ މީހުންނަށް ބޭނުންވާ ކެއުމާއި ސައިގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުޅުވުން އޮންނާނީ 4 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 03 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

15 ޖޫން 2023