ދިވެހިރާއްޖެ
އިޢުލާން
"ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން"
ތިނަދޫ ކެމްޕަހުގައި މި ފެކަލްޓީގެ ފަރާތުން ހިންގާ "ބެޗްލަރ އޮފް އާޓްސް އިން ދިވެހި ލޭންގުވިޖް" ކޯހުގެ ތިރީގައިވާ މާއްދާ ކިޔަވައި ދެއްވާނެ ޕާޓްޓައިމް ލެކްޗަރަރއެއް ބޭނުންވެއެވެ.
- ލޭންގުވިޖް އެންޑް ކޮމިއުނިކޭޝަން 1 (LIN105)
މިކަމަށް ހޮވިވަޑައިގަންނަވާ ބޭފުޅުން ފަސް ބްލޮކަށް ތިނަދޫއަށް ވަޑައިގަންނަވަން ޖެހޭނެއެވެ.
ބްލޮކް އޮންނާނެ ދުވަސްތައް:
ބްލޮކް 1: 2015 ފެބުރުވަރީ 05 ން 07 އަށް
ބްލޮކް 2: 2015 ފެބުރުވަރީ 19 ން 21 އަށް
ބްލޮކް 3: 2015 މާރިޗު 12 ން 14 އަށް
ބްލޮކް 4: 2015 އޭޕްރީލް 02 ން 04 އަށް
ބްލޮކް 5: 2015 މެއި 01 ން 02 އަށް
އުޖޫރަ: - ނަންގަވާ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ
- މާކްކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިޙާނު ކަރުދާހަކަށް -/35 ރުފިޔާ
މިކަމަށް އެދިވަޑައި ގަންނަވާ ފަރާތްތަކުން 04 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މި ފެކަލްޓީއަށް ސިޓީ ފޮނުއްވުން އެދެމެވެ.
އެޕްލިކޭޝަނާއެކު ހުށަހަޅުއްވަން ޖެހޭ ލިޔުންތައް:
- ކޯސް ނިންމި ކަމުގެ ލިޔުންތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345177 ނުވަތަ 3345179 ނަންބަރާ ގުޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަކީ މި ފެކަލްޓީގެ ފަރާތުން އެދޭ އެދުމެކެވެ. އެހެނީ މި އިޢުލާނުގައި ބަޔާން ނުކުރެވޭ ކިތަންމެ ވާހަކައެއް ހުންނާނެތީއެވެ.
12 ރަބީޢުލްއާޚިރު 1436