މަސައްކަތް
ނަންބަރު: (IUL)260/260/2023/56
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 15:27
ސުންގަޑި: 02 ޖުލައި 2023 10:00
ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނައިވާދޫ ކައުންސިލް އިދާރާގެ ކަރަންޓު ވައިރު މަރާމާތުކުރުން

އިއުލާން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

މި ކައުންސިލުން ތަކެތި ދިނުމުން، ކައުންސިލުންދެވޭ މަޢުލޫމާތާއި އެއްގޮތަށް ހދ.ނައިވާދޫ ކައުންސިލް އިދާރާގެ ކަރަންޓު ވައިރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

            މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވަވާ މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

ބިޑު ރަޖިސްޓްރީކުރުން

ޕްރީ ބިޑް މީޓިން

އަންދާސީހިސާބު ހުށަހެޅުއްވުން

15.06.2023 ން  02.07.2023ގެ 10:00 ށް

-

05.07.2023 ގެ 10:15 ގައި

އޮންލައިން ފޯމު މެދުވެރިކޮށް

-

ހދ.ނައިވާދޫ ކައުންސިލް އިދާރާގައި

 

 

 

 

 

  • ބިޑް ރަޖިސްޓްރީކުރާ ފޯމް: https://forms.gle/17oPWtdgLTxFWJ86A
  • ހދ.ނައިވާދޫ ކައުންސިލް އިދާރާގެ ކަރަންޓުވައިރު މަރާމާތުކުރުމަށް ބޭނުންވާ ސްޕެސިފިކޭޝަން ހިމެނޭ ބީލަން ފޮތް މި އިއުލާނާއެކު އެޓޭޗް ކުރެވިފައި އެވަނީއެވެ.

            މި ބީލަމާއި ގުޅިގެން ޕްރީ ބިޑް މީޓިންގއެއް ނޯންނާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ހދ.ނައިވާދޫ ކައުންސިލް އިދާރާގެ ކަރަންޓުވައިރު މަރާމާތުކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

   

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

   

26 ޛުލްޤަޢިދާ 1444

15  ޖޫން   2023

15 ޖޫން 2023