ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)346/346/2023/48
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި:
22 ޖޫން 2023 00:00
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުން
1444 ވަނަ އަހަރުގެ މިނިސްޓްރީން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އަތޮޅު ތެރެއިން އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށައެޅުމުގެ ފުރުސަތު 15 ޖޫން 2023 އިން 22 ޖޫން 2023 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށައަޅާ ފޯމު 15 ޖޫން އިން ފެށިގެން ހިމަންދޫ ކައުންސިލްގެ އިދާރާއިން އަދި ކައުންސިލްގެ ވެބްސައިޓްއިން ލިބެންހުންނާނެއެވެ.
ވީމާ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން 15 ޖޫން 2023 އިން 22 ޖޫން 2023 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހިމަންދޫ ކައުންސިލްގެ އިދާރާއަށް ހުށައެޅުމަށް ދަންނަވަމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
15 ޖޫން 2022މ.
25 ޛުލްޤައިދާ 1444ހ.
15 ޖޫން 2023