ކުއްޔަށް ދިނުން
ނަންބަރު: (IUL)297-SM/297/2023/83
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 03 އޮގަސްޓް 2023 11:30
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑައިވް ސެންޓަރަކާއި ގެސްޓްހައުސް ހިންގުމަށް ބިން ކުއްޔަށް ދޫކުރުން

ޑައިވް ސެންޓަރަކާއި ގެސްޓްހައުސް ހިންގުމަށް ބިން ކުއްޔަށް ދޫކުރުން

 ނ.ވެލިދޫ ޓުއަރިޒަމް ވިލެޖްއިން1، ޑައިވް ސެންޓަރއެއް ތަރައްޤީކުރުމަށް 920 އަކަފޫޓުގެ 1 (އެކެއް) ބިމާއި އަދި ގެސްޓްހައުސް ތަރައްޤީކުރުމަށް 3000 އަކަފޫޓުގެ 2 (ދޭއް) ބިމާއި 2500 އަކަފޫޓުގެ 3 (ތިނެއް) ބިން 30 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

   އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

 ވީމާ، މިބިންތައް ކުއްޔަށް ނެގުމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން 03 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ބީލަމުގެ ބިޑްފޮތް، 02 ޖުލައި 2023 ން 03 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 10:00 ން 11:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެެއެވެ. ބިޑް ފޮތެއްގެ އަގަކީ -/5،000 (ފަސް ހާސް) ރުފިޔާއެވެ. އަދި ބިޑްފޮތް ބައްލަވައިނުގަންނަވާ ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަވެސް ދަންނަވަމެވެ. ބިޑްހުށަހެޅުން އޮންނާނީ 03 އޯގަސްޓް  2023 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައެވެ.

ބިޑްފޮތް ގަތުމަށް އަދި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.

 

 

 

 

ޕްރީ ރިކުއިޒިޓް

އާއެކޭ

ނޫނެކޭ

 

 1

 

 

 

 

މާލީ ތަނަވަސްކަން ހުރި މިންވަރު - ލަފާކުރާ އިންވެސްޓްމަންޓްގެ %20 އިކުއިޓީ

ގެސްޓްހައުސް:

  • މަދުވެގެން ހުންނަންޖެހޭ އެނދުގެ ޢަދަދު 5 ކޮޓަރި (10 އެނދު)
  • މަދުވެގެން ކޮޓަރިއަކަށް ކުރާ ޚަރަދު: -/50،000 (ފަންސާސް ހާސް ރުފިޔާ)
  • މަދުވެގެން އިންވެސްޓް ކުރާނެ ޢަދަދު: -/2،000،000 (ދެ މިލިއަން) ރުފިޔާ

 

 

 

 2

 

ޑައިވްސެންޓަރ:

  • މަދުވެގެން އިންވެސްޓް ކުރާނެ އަދަދު:     -/300،000 (ތިން ލައްކަ) ރުފިޔާ

 

 

 

މާކްސް ދެވޭ ބައިތައް

މިންވަރު

ތަފްސީލް

ފޯމިއުލާ

 

 

 

އިންވެސްޓްކުރާ މިންވަރު

 

 

 

40%

 

  • މިއީ، ބިޑް ހުށަހަޅާ ފަރާތުން އިންވެސްޓްކުރުމަށް ހުށަހަޅާ އަގެވެ.
  • މިބަޔަށް މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑުއަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

 

 

(Benchmark Amount / Submitted Amount) x %40

 

 

ކުލި (އަކަފޫޓަކަށްހުށައެޅޭކުލި)

 

 

 

40% 

 

  • ބީލަމަށް ހުށަހަޅައި ފަރާތުން ހުށަހަޅާ ކުލި / އެންމެ މަތިން ބީލަމަށް ހުށައެޅިފައިވާ ކުލި x40 )
  • އަކަފޫޓަކަށް ކަނޑައަޅާ އެންމެ ކުޑައަގަކީ އޭރިޔާގެ އަކަފޫޓަކަށް މަހަކު 80 ލާރި އެވެ،

 

(Benchmark Amount / Submitted Amount) x 40%

 

ކޮންމެ 5 (ފަހެއް) އަހަރަކުން ކުލި ބަދަލުވާނެ މިންވަރު

 

 

10%

  • މިބަޔަށް މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން އިތުރުކުރާ އެންމެ ބޮޑުއަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން ހުށަހަޅާ އަގަކީ ކުލީގެ %35 އަށްވުރެ ކުޑަނޫން އަގެއް ކަމުގައި ވާންވާނެއެވެ.

(Benchmark Amount / Submitted Amount) x 10%

 

އިޖްތިމާޢީ ގޮތުން ދެވޭ ޚިދުމަތްތައް

 

 

 

5%

 

 

 

  • އިޖްތިމާއީ ކަންކަމަށް އަހަރަކަށް ހޭދަކުރަން ހުށަހަޅާނެ މިންވަރެވެ.

 

(Benchmark Amount / Submitted Amount) x 5%

 

ތަޖުރިބާ

5%

 

 

  • މިބަޔަށް މާކްސް ދެވޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެންނެވެ.

 

(Submitted years of experience / Benchmark  years x 5%)

 

އެހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

15 ޖޫން 2023