ތަމްރީނު
ނަންބަރު: (IUL)267/267/2023/41
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 22 ޖޫން 2023 14:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ.ކ އިން އިންތިޒާމުކުރާ ނެޓްބޯލް ކޭންޕާއި ގުޅޭ:

ހދ. ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމްކޮށްގެން ކުމުންދޫގައި ނެޓްބޯލް ކޭންޕެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ކޭންޕްގެ މަޤުސަދަކީ ރަށުގައި ނެޓްބޯޅަކުޅުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އިތުރަށް މިކުޅިވަރުގެ ތެރެއަށްވަނުމުގެ ފުރުސަތު އިތުރުކޮށްދިނުމެވެ.

            މި ކޭންޕްގައި 10 އަހަރުން މަތީގެ ކޮންމެ އަންހެން ބޭފުޅަކަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. 20 ދުވަހުގެ މުއްދަތައް ހިންގޭ މި ކޭންޕް ކުރިއަށް ގެންދެވޭނީ މަދުވެގެން 30(ތިރީސް) ބައިވެރިން ހަމަވާނަމައެވެ. ފޯމް ދޫކުރަން ހަމަޖެހިފައިވަނީ 18 ޖޫން އިން 22 ޖޫން 2023 ގެ 14:00 ގެ ނިޔަލަށް ކުމުންދޫ ކައުންސިލްގެ އިދާރާއިންނެވެ. މި ކޭންޕްގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމް ފުރިހަމަ ކުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށައެޅުއްވުންއެދެމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 ޖޫން 2023