ދިވެހިރާއްޖެ
އިޢުލާން
ނިޔަމި ކަމުގެ ސެޓްފިކެޓް 2 ގެ ކޯސް ހިންގުން
2023 ޖުލައި މަހުގައި ކައުންސިލާއި އައިލެންޑް އިންސިޓިއުޓް އޮފް ޓާޝިއަރީ އެޑިއުކޭޝަނާ ގުޅިގެން ނިޔަމި ކަމުގެ ސެޓްފިކެޓް 2 ގެ ކޯސް ހިންގުމަށް ވަނީ ރޭވިފައެވެ. މި ކޯހުގައި ބައިވެރިވުމަށް ނަންނޯޓްކުރުމުގެ ފުރުޞަތު 2023 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ވަނީ ހުޅުވާލެވިފައެވެ. މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 30 ބައިވެރިން ހަމަވާނަމައެވެ.
ކޯހާބެހޭ އިތުރު މަޢުލޫމާތު
ކޯހުގެ ފީ |
ކޮންމެ ބައިވެރިއެއްގެ އަތުން 1,000.00ރ (އެއްހާސް ރުފިޔާ) |
ކޯހުގެ މުއްދަތު |
30 ގަޑިއިރު |
ކޯހުގެ ސަރުތު |
ދިވެހިބަހުން ލިޔަން ކިޔަން އެގުމާއެކު، އެއްކޮށް ކަނޑާ ގުނަކުރަން އެނގުން |
ކިޔަވައިދޭ މާއްދާތައް: |
ސޭފްޓީ، ނެވިގޭޝަން، މެރިޓައިމް އަދި ތިމާވެށީގެ ގަވާއިދު، ކޮމިއުނިކޭޝަން |
ބައިވެރިވުމަށް ނަންނޯޓްކުރެއްވުމަށް ގުޅުއްވުން |
6720508 |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.