ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2023/23
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 11:58
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 77 ވަނަ ޖަލްސާގެ ނިންމުން

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 77

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

1 މާރިޗު 2023

ބައްދަލުވުން ބޭއްވި ގަޑި:

8:59

 

ނިންމުންތައް

  1. ހިރިލަންދޫ ކައުންސިލުން ކުރިޔައްގެންދާ މަދަދު ކުރެޑިޓްސްކީމް އަދި މަދަދު ފެރީގެ ޙިދުމަތުގައި ކައުންސިލުން ބައިވެރިވުމަށާއި މިކަންކަމާއި ގުޅޭގޮތުން ކުރިޔައްގެންދަންޖެހޭ އިދާރީ ކަންކަން ކުރިޔައްގެންދިއުމަށް ނިންމުނު.
  2. ރަށުގެ ބިންދޫކުރާނޭ އަގުތައް ކަނޑައެޅުނު އެގޮތުން ދަނޑުވެރިކަމަށް އަކަފޫޓަކަށް 10 ލާރި، ސިނާއީ ބިން (އޮޑިދޯނިފަހަރު އެހެލާ ސަރަޙައްދު އަދި ސްލިޕްވޭ) އަކަފޫޓަކަށް 30 ލާރި، ލުއި ސިނާއީ މަސައްކަތް (ގުދަން، ގަރާޖް، ވާރކްޝޮޕް، ސިމެންތި ގައުއެޅުން، ވަޑާންގެ އަދި މަސްވެރިކަމާއި ގުޅުންހުރި މަސައްކަތް ކުރުމަށް) އަކަފޫޓަކަށް 20 ލާރި، ރަށުގެ ބަދަރު ސަރަޙައްދުން ވިޔަފާރި ބޭނުމަށް އަކަފޫޓަކަށް 35 ލާރި، ވިޔަފާރި ބޭނުމަށް ރަށުގެ އެހެނިހެން ސަރަޙައްދުތަކުން (ޢާއްމު ވިޔަފާރި، ކެފޭ، ރެސްޓޯރަންޓް) އަކަފޫޓަކަށް 30 ލާރި، ޓޫރިޒަމް ބޭނުމަށް ގެސްޓްހައުސް ނުވަތަ ޓުއަރިޒަމްއާއި ގުޅޭ ހުރިހާ ބޭނުންތަކަށް ބިން ކުއްޔަށް ދޫކުރެވޭނީ މިނިސްޓްރީ އޮފް ޓޫރިޒަމް އިން ބިން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އަދި ރަށުގެ ބިމުގެ އަގަކީ އަކަފޫޓަކަށް 20 ރުފިޔާ ކަމުގައި ކަނޑައެޅުނު.
  3. ވައިޖެހޭގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީގެ މިން ތަފާތުވެފައިވާތީ މިހިނދަށް ގޯތީގައި ހުރި މިންތަކަށް ރަޖިސްޓަރީ އިސްލާޙްކުރުމަށް ނިންމުނު.
  4. ކައުންސިލްގެ ރައީސް އެދިލައްވާފައިވާ ގޮތުގެމަތީ އަހަރީ ޗުއްޓީގެ 5 ދުވަސް ހަމަޖެއްސުމަށް ނިންމުނު.              
01 މާރިޗު 2023