ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2015/12
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 08 ފެބުރުވަރީ 2015 16:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓްމަން ޓްރެއިނީ

އިޢުލާން

މަޤާމު:

ޕޯސްޓްމަން ޓްރެއިނީ

ބޭނުންވާ އަދަދު :

1

މުސާރަ:

  1. 4122.00 ރުފިޔާ (ހަތަރު ހާސް އެއް ސަތޭކަ ބާވީސް ރުފިޔާ)
  2. އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އެލަވަންސް:

  1. 1860.00ރ.
  2. މެއިލް އެލަވަންސް: ކަނޑައެޅިފައިވާ މިންގަނޑަށް ބަހާނަމަ، ހަމަޖެހިފައިވާ އުސޫލުގެ މަތިން މެއިލް އެލަވަންސް ލިބޭނެއެވެ.
  3. އަމިއްލަ ސައިކަލުގައި މަސައްކަތްކުރާނަމަ ޕެޓްރޯލް އެލަވަންސް ދެވޭނެއެވެ.

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާޓްމަންޓް:

މެއިލް އޮޕަރޭޝަންސް ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:

  • މާލޭގެ ގެތަކާއި/އެޑްރެސް އަދި މަގުތަކަށް ފަރިތަވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްހަތެއް ހުރި މީހަކަށްވުން
  • ބަރުތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭ މީހަކުކަމުގައިވުން
  • އަމިއްލަ ދުއްވާ އެއްޗެއްގައި މެއިލްބެހޭ ފަދަ މީހަކަށްވުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން
  • ޙަވާލުކުރެވޭ މަސައްކަތް ދުވަހުން ދުވަހަށް ނިންމޭ ފަދަ ޤާބިލު ފަރާތަކަށް އިސްކަންދެވޭނެއެވެ

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާއެކު ގުޅޭނެ ފޯން)
  • މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާގައި މިހާރު އުޅުއްވާ ފަރާތެއްނަމަ ނުވަތަ ކުރިން ވަޒީފާއެއްގައި އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް (ވަޒީފާއަށް ހޮވިއްޖެނަމަ ހުށަހަޅުއްވަން ޖެހޭނެއެވެ) 

ސުންގަޑި:

މި މަޤާމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ހުށަހަޅުއްވަންޖެހޭ ލިޔުންތަކާއެކު 8 ފެބްރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން ޕޯސްޓް ބިލްޑިންގގެ 3 ވަނަ ފްލޯރއަށް  ވަޑައިގެން އެޗްއާރ ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖައްސަވަންވާނެއެވެ. 

އިތުރު މަޢުލޫމާތު:

މި މަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ  ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސް ކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009271،3009272،3009273

ފެކްސް: 3321559

 

02 ފެބުރުވަރީ 2015