ދިވެހިރާއްޖެ
އަލަށް ޢިމާރާތް ކުރެވިފައިވާ ޕްރީސްކޫލަށް އައުޓްޑޯ ޕްލޭސެޓެއް ގަންނަން ބޭނުންވެގެން މިއިދާރާއިން ކުރެވިފައިވާ ނަންބަރު: 335/2015/07ފ(2015-01-14) އިޢުލާނަށް އިޖާބަދީ އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިފަދަ ޕްލޭސެޓެއް ގެނެސްދެވޭނެ ފަރާތްތަކުން ކުރެހުންތަކާއެކު 05 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ޕްލޭސެޓްގެ ފޮޓޯތަކާއި ޑިޒައިންތަކުގެ ތަފުސީލު އަދި އެކި ބައިތަކަށް ވަކިން އަގު ހުށަހަޅަންވާނެއެވެ.
ހުށަހަޅާ އަންދާސީހިސާބުތަކަށް ޕޮއިންޓް ދޭނީ މިދަންނަވާ އުސޫލުންނެވެ.
ހުށަހަޅާ އަގަށް: ( އެންމެ އަގުހެޔޮ ފަރާތަކަށް ގިނަ ޕޮއިންޓް ލިބޭގޮތަށް ) 50
ޑެލިވަރީ މުއްދަތަށް: ( އެންމެ އަވަހަށް ކޮށްދޭ ފަރާތަކަށް ގިނަ ޕޮއިންޓް ) 10
ތަޖުރިބާ: ( ހުށަހަޅާ ލިޔުންތަކަށް ބަލައިގެން ) 10
ކޮލިޓީ: ( ވޮރަންޓީ ދޭ މުއްދަތަށް ބަލައިގެން ) 20
އަގު ދައްކަން ހުށަހަޅާގޮތަށް: (ދިގުމުއްދަތަކަށް ގިނަޕޮއިންޓް ) 10
06 ރަބީޢުލްއާޚިރު 1436