ނޫސްބަޔާން
ނަންބަރު: (PR)203-LAW/1/2023/13
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 10:08
ސުންގަޑި: 22 ޖޫން 2023 12:30
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ބ. ކުންފުނަދޫ (ސޮނެވާ ފުށި) ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާއި ގުޅިގެން ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ޖޫރިމަނާ ކުރުން

ނޫސްބަޔާން

އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ބ. ކުންފުނަދޫ (ސޮނެވާ ފުށި) ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާއި ގުޅިގެން ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ޖޫރިމަނާ ކުރުން

ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑްގެ ފަރާތުން އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ބ. ކުންފުނަދޫ (ސޮނެވާ ފުށި) ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާއި ގުޅިގެން އެ މައްސަލަ މި އެޖެންސީން ބަލައި އެ މައްސަލައާ ގުޅިގެން އެއްކުރެވުނު މަޢުލޫމާތުންނާއި، ދެފަރާތް ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރުމުން އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ބ. ކުންފުނަދޫ (ސޮނެވާ ފުށި) ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާކަން މި އެޖެންސީއަށް ޔަޤީންކުރެވިފައިވެއެވެ.

އެހެންކަމުން، ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑްގެ ފަރާތުން އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ބ. ކުންފުނަދޫ (ސޮނެވާ ފުށި) ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާއި ގުޅިގެން ގަވާއިދު ނަންބަރު: 2012/R-27 (ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު) 20 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް އެ ގަވާއިދުގެ ޖަދުވަލު (ޖ) ގެ ދަށުން 20,000/-ރ. (ވިހިހާސް ދިވެހިރުފިޔާ) އިން ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވަނީ 12 ޖޫން 2023 ގައި ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެ ޖޫރިމަނާގެ ފައިސާ މި އެޖެންސީއަށް ދެއްކުމަށް އެންގިފައެވެ.

އަދި، ބ. ކުންފުނަދޫ (ސޮނެވާ ފުށި) ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމަށް މިހާރު ކުރެވިފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކާއި ގުޅިގެން މިހާރު ރަށުގެ ތިމާވެށީގެ ހާލަތު އީ.އައި.އޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު އެކަމާގުޅޭ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި ހުށަހެޅުއްވުމަށްވެސް ވަނީ ދަންނަވާފައެވެ.

15 ޖޫން 2023