މަސައްކަތް
ނަންބަރު: (IUL)KRH-PLD/2023/98
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 17:21
ސުންގަޑި: 22 ޖޫން 2023 13:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމާއި ވާރކް ޕާރމިޓް މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމާއި ވާރކް ޕާރމިޓް މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)KRH-PLD/2023/2 (12 ޖަނަވަރީ 2023) އިޢުލާން ބާޠިލް ކުރުމަށްފަހު މަސައްކަތުގެ ސްކޯޕަށް ބަދަލު ގެނައުމަށްފަހު އަލުން ކުރެވޭ އިޢުލާނެކެވެ.

ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް ދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 14 ޖޫން 2023 ވާ ބުދަ ދުވަހުން ފެށިގެން 22 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށް [email protected] އަށް އީ-މެއިލް ކުރުމަށް ދަންނަވަމެވެ. އަދި އީ-މެއިލް ކުރައްވާއިރު ސަބްޖެކްޓް ގައި އިޢުލާނުގެ ނަންބަރު ޖެއްސެވުމަށް ދަންނަވަމެވެ.
  3. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާ ނަމަ 6 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ދެންނެވިފައިވާ އީމެއިލް އަށް ފޮނުއްވާ ދެއްވުން އެދެމެވެ.
  4. މި ޢިއުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް، މި ބީލަމަށް ރެޖިސްޓަރ ކުރާ ފަރާތްތަކަށް އީ-މެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  5. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

ބީލަން ހުށަހެޅުން (އަލިމަސް މާލަން - ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިން ރޫމް)

  • 9 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 11:00 ގައި
14 ޖޫން 2023