ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419/419/2023/52
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 15:21
ސުންގަޑި: 21 ޖޫން 2023 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

1444 ވަނަ އަހަރު މިނިސްޓްރީން އެކުލަވާލައިފައިވާ ފަޤީރުންނާއި  މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް 12 ޖޫން 2023 ވަނަ ދުވަހުން ފެށިގެން ގދ.ގައްދޫ ކައުންސިލް އިދާރާގެ ކައުންޓަރ އިން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 8:00 އިން 14:00 ލިބެން ހުންނާނެއެވެ.

ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތަކާއި ފޯމް ފުރިހަމަ ކުރާއިރު ސަމާލުކަންދޭންވީ ކަންތައްތައް ހިމެނޭ ލިޔުމެއް ފޯމާއި އެކު އެއް ހީރަސް ކުރެވިފައިވާނެއެވެ. ފޯމް ބަލައިގަތުން ކުރިއަށްދާނީ 12 ޖޫން 2023 އިން 21 ޖޫން 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ގދ.ގައްދޫ ކައުންސިލް އިދާރާގެ ފައިސާ ބަލައިގަންނަ ކައުންޓަރ އިންނެވެ. ދަފްތަރުގައި ކުރިން ރަޖިސްޓަރ ކުރެވިފައިވާ ފަރާތްތަކުން އަލުން ފޯމް ހުށައަޅާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ ފަރާތްތަކުން ދަފްތަރުން އެފަރާތްތަކުގެ ނަން އުނިކުރުމަށް އެދި ސިޓީ ކައުންސިލް އިދާރާއަށް  މި ދެންނެވި މުއްދަތުގައި ހުށައެޅޭނެއެވެ.

ފޯމް ބަލައިގަތުމުގެ ސުންގަޑި ހަމަވުމަށްފަހު ކައުންޓަރ އަށް ހުށައަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        12 ޖޫން   2023

12 ޖޫން 2023