ބީލަން
ނަންބަރު: (IUL)272-ESMS/272/2023/54
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 18 ޖޫން 2023 13:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ކައުންސިލުގެ އެހީތެރިކަމާއެކު ކައުންސިލާ ގުޅިގެން 1444 ވަނަ އަހަރު އަޟްޙާ ޢީދު ފާހަގަކުރުމަށް ކުޅިވަރު ހަރަކާތްތަކެއް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުން

އަތޮޅުގެ ރަށްރަށުގައި އިޖްތިމާޢީ ރޫޙް އާލާކޮށް ސަޤާފީ ކަންކަން ދިރުވައި އާލާކުރުމުގެ ގޮތުން  1444 ވަނަ އަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ށ.އަތޮޅު ކައުންސިލާއި، މި ކައުންސިލާއި ގުޅިގެން، ހަރަކާތްތަކެއް އިންތިޒާމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، މި އިދާރާގައި އޮންނާނެއެވެ. މިހަރަކާތްތައް ރާވައި ހިންގައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 18 ޖޫން 2023 ވާ އާދީއްތަ ދުވަހުގެ 13:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން ޕްރޮޕޯރސަލް ހުށަހެޅުމަށް ދަންނަވަމެވެ. ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން ޕޮއިންޓް ލިބޭ ފަރާތަކަށް ކުޅިވަރުތައް ހިންގުމަށް -/5000 (ފަސްހާސް) ރުފިޔާގެ އެހީއެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މި ޙަރަކާތްތައް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅޭނީ ރަށުގައި ރަޖިސްޓްރީ ވެފައިވާ  ޖަމްޢިއްޔާ ތަކަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 ޖޫން 2023