ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)195-C/1/2015/03
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 10 ފެބުރުވަރީ 2015 14:30
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ފަނޑިޔާރު

އިޢުލާން

   ފަނޑިޔާރުކަމުގެ ވަޒީފާގެ ފުރުޞަތު

މަޤާމު

ފަނޑިޔާރު

ކޯޓް

ދިވެހިރާއްޖޭގެ ހައިކޯޓް

ފަނޑިޔާރުން ބޭނުންވާ އަދަދު

1 (އެކެއް)

މުސާރަޔާއި ޢިނާޔަތްތައް

އަސާސީ މުސާރަ  (މަހަކު)

36,000.00 ރުފިޔާ

ލިވިންގ އެލަވަންސް (މަހަކު)

15,000.00 ރުފިޔާ

މެޑިކަލް އިންޝުއަރެންސް

ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުންް ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ފޯނު އެލަވަންސް

ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ރިސްކް އެލަވަންސް  (މަހަކު)

3,300.00 ރުފިޔާ

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

އަޚްލާޤާއި ސުލޫކު

  1. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން؛
  2. ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން؛
  3. ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛
  4. ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
  5. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  6. ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި، އެ ޙުކުމް، ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން؛
  7. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން.

އުމުރު

  1. އުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.

ތަޢުލީމް

  1. އިސްލާމީ ޝަރީޢާގެ ރޮނގުން ނުވަތަ ޤާނޫނުގެ ރޮނގުން ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.

ތަޖުރިބާ

  1. ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ފަނޑިޔާރުކަމުގެ ވަޒީފާއަށް އެދި ހުށަހަޅާފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ލޯ ފާމަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  2. ވަނަވަރު.
  3. ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ.
  4.  ޤާނޫނީ މަސައްކަތް ކުރަންޖެހޭ ވަޒީފާއެއް އަދާކޮށްފައިވާކަމަށް ވަނަވަރުގައި ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ސަޕޯޓިންގ ޑޮކިއުމަންޓްތައް.
  5. ޤާނޫނީ ވަކީލެއްގެގޮތުގައި  ކޯޓުތަކުގައި ވަކާލާތުކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން އެނގޭނެ  ކޯޓުގެ ރަސްމީ ލިޔުމެއް (މި ލިޔުމުގައި، އެ ކޯޓެއްގައި އެ މީހަކު ޕްރެކްޓިސްކޮށްފައިވާ މުއްދަތު އެނގެން އޮންނަންވާނެއެވެ.) ނުވަަތަ؛
  6. ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ލީގަލް މަޤާމެއްގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި، ކުރި މަސައްކަތުގެ ތަފްސީލް އެނގޭނޭގޮތަށް އެ މުއައްސަސާއަކުން ދީފައިވާ ރަސްމީ ލިޔުމެއް. ނުވަތަ؛
  7. ރަޖިސްޓްރީކޮށްފައިވާ ލޯ ފާމެއްގައި ޤާނޫނީ ވަކީލެއްގެގޮތުގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި، އެ މަސައްކަތުގެ ތަފްސީލް އެނގޭނޭގޮތަށް އެ ލޯ ފާމަކުން ދީފައިވާ ރަސްމީ ލިޔުމެއް.
  8. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  9. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  10. ފަނޑިޔާރުކަމުގެ ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ނެތްކަމުގެ އިޤްރާރު.
  11. ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމް.
  12. ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އެނގޭނޭ، އިލެކްޝަންސް ކޮމިޝަނުގެ ލިޔުން.

ސުންގަޑި

2015 ފެބުރުވަރީ 10 ވަނަ ދުވަހުގެ 14:30 ގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް (ތީމުގެ، އާބުރުޒުހިނގުން) ހުށަހަޅަންވާނެއެވެ.

ގަވާއިދު

މި އިޢުލާނުގައިވާ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދާއި، މާކްސް ދޭނެ ގޮތުގެ ކްރައިޓީރިއާ، މި ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނެ ފޯނު ނަންބަރަކީ 3303501 އެވެ. ފެކްސް ނަންބަރަކީ 3303504 އެވެ.  ވަޒީފާއަށް އެދޭ ފޯމާއި އިޤްރާރު ފޯމް www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

11 ރަބީޢުލްއާޚިރު 1436
01 ފެބުރުވަރީ 2015