ދިވެހިރާއްޖެ
(IUL)258/258/2023/107ނަންބަރު:
އިޢުލާން
1444 އަހަރުގެ ޢީދު ކުޅިވަރުތަކަށް:
މި ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަ ޖެހިފައިވާ މި ދަންނަވާ ޢީދު ކުޅިވަރު ތަކުގައި ބައިވެރި ވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ކުޅިވަރުތަކުގެ ތެރޭގައި ފިރިހެން ބޭފުޅުންނަށް ބައިބަލާ، އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވާދެމުން، އަންހެން ބޭފުޅުންނަށް ޙާއްސަކޮއްގެން ޓާސްކް ގޭމްތަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ކުޅިވަރުތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމްތައް ހަނިމާދޫ ކައުންސިލްގެ ޔޫތް ސެންޓަރުން 15 ޖޫން 2023 އިން 21 ޖޫން 2023 އަށް މި ދުވަސްތަކުގެ ހަވީރު 16:00-18:00 އަދި 20:00-23:00 އާއި ހަމައަށް ފޯރމް ދޫކުރުމާއި ބަލައި ގަތުމަށް ވަނީ ހަމަޖެހިފައެވެ.
އިތުރު މަޢުލުމާތު ހަނިމާދު ކައުންސިލްގެ ފޭސްބުކް ޕޭޖް އަދި ވެބްސައިޓްއިން ލިބޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ޛުލްޤާއިދަ 1444
14 ޖޫން 2023