ދިވެހިރާއްޖެ
އިޢުލާނު | 
||||||||||||
| 
 މަޤާމު:  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
|||||||||||
| 
 މަޤާމުގެ ނަންބަރު:  | 
 J-134106  | 
|||||||||||
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
|||||||||||
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
|||||||||||
| 
 މަޤާމުގެ ރޭންކު:  | 
 ޖީ.އެސް 4  | 
|||||||||||
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 އޮފިސަރ ގްރޭޑް 2  | 
|||||||||||
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 މުޙްޔިއްދީން ސްކޫލް/ ވިލިމާލެ  | 
|||||||||||
| 
 މުސާރަ:  | 
 5,020.00 ރުފިޔާ  | 
|||||||||||
| 
 ސަރވިސް އެލަވަންސް:  | 
 1500.00 ރިފިޔާ  | 
|||||||||||
| 
 ކޯ އެލަވަންސް -2:  | 
 700.00 ރުފިޔާ  | 
|||||||||||
| 
 އެހެނިހެން އެލަވަންސް:  | 
 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3- ސިވިލް ސަރވިސްގެ މުވައްޒަފުންނަަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 4- ސްޕެޝަލް ޑިއުޓީ އެލަވަސް: މުވައްޒަފަށް ލިބޭމުސާރައިގެ %35  | 
|||||||||||
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 1.1 ސްޓޮކަށް ގަނެވޭތަކެތި ޕްރޮކިއުމަންޓް ސެކްޝަންނުން ލިބުމުން ސްޓޮކަށްތަކެތި ވެއްދުން. 1.2 ސޮޓޮކުން ތަކެތި ބޭނުންވެގެން އައުމުން އެތަކެތި ސޮޓުން ދޫކޮށް ފޮތުގައި ސޮއިކުރުވާ ސްޓޮކްފޮތުން ބާކީ ކުރުން. 1.3 ސްޓޮގައި ހުންނަތަކެތި ހުސްވުމުގެ ކުރިން ޕްރޮކިއުމަންޓް ސެކްޝަނަށް ރިއުސްޓްކޮށް އެތަކެތި ސްޓޮކަށް ހޯދުން. 1.4 ސްޓޮކް ގައި ތަކެތި ބަހައްޓަންވާނީ ތަރުތީބުން ސްޓޮކްގައި ތަކެތި ހުރިނެއްވަރު އެގޭނޭހެން ލޭބަލް ކުރެވިގެން ތަޅުލެވޭތަނެއްގައެވެ. ސްޓޮކުން ނަގާލެވޭ ތަކެތީގެ ޒިންމާ ނަންނަގަވާނީ ސްޓޮކް އެއިރަކު ހަވާލުވެފައިވާ މުވައްޒިފެކެވެ. 3. ޓިޗަރުންގެ ޕެކް ހެދުން. 1.1 ކޮންމެ ސާނަވީ އަހަރެއް ނިމުމުގެ ކުރިން ދެންއަންނަ އަހަރަށް ޓީޗަރުންގެ ޕެކްހެދުމަށް ތަކެއްޗައް ޕްރޮކިއުމެންޓް ސެކްޝަނުގައި ރިކުއެސްޓް ކުރުން. 1.2 ކޮންމެ ސާނަވީ އާއަހަރެއްފެށުމުގެ 02 ދުވަސް ކުރިން ޓީޗަރސް ޕެކްހެދުމާއި ޕެކް ހަވާލުކުރާ ސްލިޕް ތައްޔާރުކުރުން. 1.3 ސާނަވީ އަހަރު ނިމުމުން ޓީޗަރސް ޕެކްގައި ހަވާލުކުރެވޭތަކެތި ތެރެއިން އަބުރާ ހަވާލުކުރަންޖެހޭ ތަކެތި ބަލާގަތުން. 4. ސްކޫލަށް ހަމަޖެހިފައިވާ ޕެޓީކޭޝް މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޕެޓީކޭޝް ރަޖިސްޓްރީ އާއި އެސްއޭޕީ ސިސްޓަމްއަށް އެންޓަރ ކުރުން. އަދި ހަރަދުކޮށް އެސް އޭޕީ ސިސްޓަމް މެދުވެރިކޮށް ޕެޓީކޭޝްފައިސާ ރީއެއްބާސްކުރުމަށް ރިޕޯޓް ތައްޔާރުކޮށް ބެޖެޓް ސެކްޝަނަށް ހަވާލުކުރުން. އަދި ފައިސާ މިނިސްޓްރީ އޮފް ފިނޭންސުން ލިބުމުން ބެޖެޓްސެކްޝަނުން އެފައިސާ ބަލައިގަތުން. 1.1 ކޮންމެ މަހެއް ނިމުމުން އެމަހެއްގެ ޕެޓީކޭޝް ރިޕޯޓް ޖެހިގެން އަންނަމަހުގެ 03 ގެ ކުރިން ބަޖެޓް އޮފިސަރާ ހަވާލުކުރުންް. 5.ސްކޫލަށް ހޯދޭ ހަރުމުދާ އިންވެންޓީ ކުރުމާއި ބެލެހެއްޓުމާއި ބާވެ ބޭނުން ނުކުރެވޭ ތަކެތި ނީލަންކިޔުން ނުވަތަ ނައްތާލުމުގެ އެންމެހާ ކަންތައްތައް ކަމާބެހޭ ވެރިއެއްގެ ލަފާގެމަތިން ކުރުން. 1.1 ސްކޫލަށް ގަނެވޭ ހަރުމުދާގެ މަޢުލޫމާތު އިންވެންޓްރީ ރަޖިސްޓްރީއަށް އެންޓަރކޮށް އައިޓަމްގައި ނަންބަރު ޖެހުން. 1.2 އިންވެންޓްރީ އަށް ވައްދާފައިވާތަކެތީގެ ޗެކްކައުންޓް އެއް ކޮންމެ އަހަރަކު ޖެނުއަރީ އަދި އޮގަސްޓް މަހުގައި ކުރަންވާނެއެވެ. އަދި އިންވެންޓްރީ ރަޖިސްޓްރީ ކުރަންވާނެއެވެ. 1.3 ސްޕޮންސަރގެ ގޮތުގައި ލިބޭތަކެތި އަދި ފައިސާ ސްޕޮންސަރ ރަޖިސްޓްރީ އަށްވެއްދުން. އަދި ސްޕޮންސަރގެ ގޮތުގައި ލިބިފައިވާ ހަރުމުދާ އިންވެންޓްރީއަށް ވެއްދުން. 6. އެހެނިހެން އޮފީސްތަކުންނާއި އެކިއެކި ފަރާތްތަކުން އަންނަ ސިޓީތަކަން ޖަވާބު ދިނުމަށް ހަވާލުކުރެވޭ ވެރިންގެ ލަފާގެމަތިން ޖަވާބު ތައްޔާރުކޮށް ފޮނުވާ އެތަކެތި ފައިލްކުުރުން. 7. ސްކޫލްގެ ހުރިހާ ޢިމާރާތެއްގެ ތަޅުދަނޑިއާއި މުވައްޒިފުންގެ ކަބަޑުތަކުގެ ތަޅުދަނޑީތައް، ދޫކުރުމާއި ރިކޯޑް ބެލެހެއްޓުން 8. އަހަރުފެށުމުގެ ކުރިން ފައިލްކުރަން ބޭނުންވާ ފައިލްތަކާއި ފޮތްތައް ތައްޔާރުކުރުން.  | 
|||||||||||
| 
 މަޤާމުގެ ޝަރުޠުތައް:  | 
 ނުވަތަ 
 ނުވަތަ 
  | 
|||||||||||
| 
 ތަޢުލީމީ ރޮނގު / ރޮނގުތައް: ޕްރިފާރޑް ޑިސިޕްލިން:  | 
 ނެތް ނެތް  | 
|||||||||||
| 
 ގުޅޭ ވަޒީފާގެ ދާއިރާ/ ދާއިރާތައް:  | 
 - އެޑްމިނިސްޓްރޭޝަން - މެނޭޖްމަންޓް  | 
|||||||||||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
 
 
 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".  | 
|||||||||||
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލްތައް 2021 (ދެވަނަ އިޞްލާޙް) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. ކްރައިޓީރިއާ ޓޭބަލް 
 
 
 
 
  | 
|||||||||||
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ޖޫން 2023 ވަނަ ދުވަހު ގެ 14:00 ގެ ކުރިން، (މުޙްޔިއްދީން ސްކޫލް) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  | 
|||||||||||
| 
 ޝޯޓްލިސްޓްކުރުން: 
  | 
 މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
|||||||||||
| 
 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:  | 
 މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 21 ޖޫން 2023 އާއި 24 ޖޫން 2023 އާ ދެމެދު މުޙްޔިއްދީން ސްކޫލް ގައެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  | 
|||||||||||
| 
 "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން  | 
 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް )" އާންމުކޮށް ފެންނާނޭހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.  | 
|||||||||||
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3390634) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.  | 
||||||||||||
25 ޛުލްޤަޢިދާ 1444