ޢާންމު މަޢުލޫމާތު
ނަންބަރު: B-381/IUL/2023/40
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 22 ޖޫން 2023 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

        އިސްލާމިކް މިނިސްޓްރީއިން އެކުލަވާ ލެވިފައިވާ ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރުގެ ތެރެއިން އަލަށް ރަޖިސްޓްރީ ވުމަށް އެދޭފަރާތްތަކުން 12 ޖޫން 2023 އިން 22 ޖޫން 2023 ގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 9:15އިން 13:00އަށް ފޯމް ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

           1444 ވަނަ އަހަރު ފިޠުރު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން  ޙާލަތު ބަދަލުވުމުގެ ސަބަބުން ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުން އުނިވެފައިވާކަން އަންގާފައި ނުވާ ފަރާތްތަކަކީ މިވަގުތުގައި ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަށް ކަމުގައިވާތީ އެފަރާތްތަކުން އަލަށް ރަޖިސްޓްރީ ވުމަށް ފޯރމް ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. ނަމަވެސް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވިފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުން ހިމެނޭ ޢާޢިލާތަކާއި 65 އަހަރު ފުރިފައިވާ  މީހުން ހިމެނޭ ޢާޢިލާތަކުން އަދި 22 ޖޫން 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް/ މީހުން ހިމެނޭނަމަ އެ ޢާއިލާއަކުން  އަލުން ފޯރމް ހުށަހަޅަން ޖެހޭނެއެވެ.    މިކަމަށް އެދި ހުށަހަޅާ ފޯރމް މިއިދާރާއިން ލިބެން ހުންނާނެއެވެ.

     މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޖޫން 2023