މަސައްކަތް
ނަންބަރު: 198-K/2015/08
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 05 ފެބުރުވަރީ 2015 14:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސެކިޔުރިޓީ ޕޯސްޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

ޖަސްޓިސް ބިލްޑިންގގެ ސެކިޔުރިޓީ ބެލެހެއްޓުމަށްޓަކައި، ޖަސްޓިސް ބިލްޑިންގގައި ސެކިޔުރިޓީ ޕޯސްޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 11:30 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

08 ރަބީޢުލްއާޚިރު 1436     

29 ޖަނަވަރީ 2015