ނީލަން
ނަންބަރު: (IUL)321-A/321/2023/154
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 11:44
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުން

 (IUL)321-A/321/2023/154  :ނަންބަރު        

އިޢުލާން

ނީލަން ކިޔުން

 މި އިދާރާއާއި މިރަށު މިސްކިތްތަކުގައި ބޭނުންކޮށް ބައުވެގެން ނަގާފައިހުރި ބައެއް ތަކެއްޗާއި މިރަށުގެ އިޖުތިމާޢީ ސަރަޙައްދުތަކުން ނެގިފައިހުރި ގަސްލަކުޑި 2023 ޖޫން 23 ވާ ހުކުރު ދުވަހު ނީލަން ކިޔާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ގަސްލަކުޑި ނީލަންކިޔުމަށް ހަމަޖެހިފައިވަނީ 2023 ޖޫން 23 ވާ ހުކުރުދުވަހުގެ ހަވީރު 04:15 ގައި ތުޅާދޫ ސައިޓްއޮފީސް ހުރި ބިމުގައެވެ. އަދި މި އިދާރާއާއި މިރަށު މިސްކިތްތަކުގައި ބޭނުންކޮށް ބައުވެގެން ނަގާފައިހުރި ތަކެތި ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ 2023 ޖޫން 23 ވާ ހުކުރުދުވަހުގެ ހަވީރު 04:30 ގައި ތުޅާދޫ ކައުންސިލްގެ އިދާރާގެ ދެކުނުފަރާތު ގޯތި ތެރޭގައެވެ.

 ވީމާ، މި ނީލަމުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 ޖޫން 23 ވާ ހުކުރު ދުވަހު، ދެންނެވިފައިވާ ގަޑިއަށް ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަނަށް ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ. މި އިޢުލާނާއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓާއި މިއިދާރާގެ ނޯޓިސް ބޯޑުގައި އާއްމު ކުރެވިފައި ވާނެއެވެ.

ނީލަން ކިޔުމުގެ އުޞޫލު:

  • ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ވާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ބެހެއްޓިފައި ހުންނާނެއެވެ.
  • ނީލަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މަދުވެގެން 3 ބައިވެރިންގެ ޙާޟިރުގައެވެ.
  • ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުޞަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަހަޅާފައި ނުވާނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.
  • ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މިއިދާރާއަށް ދައްކާ ޚަލާޞް ކުރަންވާނެއެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ، ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ.
  • ނީލަމުން ނެންގެވި ތަކެތި 05 ދުވަސް ތެރޭގައި ގެންގޮސް ނިންމަން ވާނެއެވެ.

    ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

    25 ޛުލްޤަޢިދާ 1444   

14 ޖޫން 2023