ނީލަން
ނަންބަރު: A-381/IUL/2023/39
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 10:55
ސުންގަޑި: 17 ޖޫން 2023 10:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ކުޑަހުވަދޫ ސަހަރާތެރޭގައި ކޮށާފައިހުރި ގަސްތަކުގެ ދަރުތައް ނީލަންކިޔުމާއި ގުޅޭ

އިޢުލާން

 ދ.ކުޑަހުވަދޫ ސަހަރާތެރޭގައި ކޮށާފައިހުރި ގަސްތަކުގެ ދަރުތައް ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2023 ޖޫން 17 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަށް  ދ.ކުޑަހުވަދޫ ސަހާރާއަށް ދުރުވެދެއްވުމަށް ދަންނަވަމެވެ.

ނީލަމުގެ ބައިތައް ފެށޭ އަގާއި އިތުރު ކުރެވޭނެ އަގު ނީލަންކިޔާ ސަރަހައްދަށް ދިއުމުން ނީލަން ފެށުމުގެ ކުރިން އެންގޭނެއެވެ. އަދި ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ތަކެތި ގެންދަވަން ވާނީ 18 ޖޫން 2023 ވާ އާދިއްތަ ދުވަހު 12:00 ގެ ކުރިން ފައިސާ ދެއްކެވުމަށްފަހުއެވެ. ނީލަމުން ނަންގަވާ ތަކެތި 20 ޖޫން 2023 ވާ އަންގާރަ ދުވަހުގެ އިރުއޮއްސި 06:00 ގެ ކުރިން ގެންދަވަން ވާނެއެވެ. އަދި އޭގެ ފަހުން ނުގެންގޮސް ހުންނަ ތަކެއްޗަކީ ބޭނުންނެތް ތަކެތި ކަމުގައި ބަލައި ނައްތާލެވޭނެއެވެ.

 

14 ޖޫން 2023