ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)170-HR/170/2022/93
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 08:36
ސުންގަޑި: 02 ޖުލައި 2023 23:59
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑީން އޮފް ސްޓޫޑެންޓްސް

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ޑީން އޮފް ސްޓޫޑެންޓްސް

ބޭނުންވާ ޢަދަދު: 1

މުއްދަތު: އައްޔަން ކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަހަށް

އޮފީސް:

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތްކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)

 

މަޤާމުގެ ޝަރްޠުތައް:

 

  • މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވަލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  •   މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވަލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިންމަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސައްކަތްތަކާ ގުޅޭ ތަޢުލީމީ ދާއިރާތައް:

ސްޓޫޑެންޓް އެފެއާޒް އެޑްމިނިސްޓްރޭޝަން، ހަޔަރ އެޑިޔުކޭޝަން، އެޑިޔުކޭޝަން، ޓީޗިންގ، ރިސަރޗް، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ސޯޝަލް ޕޮލިސީ، ކައުންސިލިންގ، ގައިޑެންސް

 

މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް:

މަތީ ތަޢުލީމު ނުވަތަ ތަޢުލީމު ދޭ މުއައްސަސާ ނުވަތަ އިންސްޓިޓިއުޓްއެއްގައި ނުވަތަ ތަޢުލީމާ ގުޅުންހުރި މަސައްކަތް ކުރާ އިދާރާއެއްގައި މެނޭޖީރިއަލް، ޕޮލިސީ ނުވަތަ ފަންނީ މަސައްކަތްތައް

 

 

މުސާރަ

އަސާސީ މުސާރަ

18,664 ރުފިޔާ

ޖޮބް އެލަވަންސް:

10,689 ރުފިޔާ

އެޓެންޑެންސް އެލަވަންސް: 289 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

މަޤާމުގެ މަސްއޫލިއްޔަތު:

(ހ)

ޔުނިވަރސިޓީގެ ފަލްސަފާއާއި، ދަމަހައްޓާ އަގުތަކާއި، ޔުނިވަރސިޓީގެ މަޤްޞަދު ޙާޞިލުކުރުމަށް ތައްޔާރުކޮށްފައިވާ އެކި ލެވެލްތަކުގެ ޕްލޭންތަކާ އެއްގޮތަށް ދަރިވަރުންގެ ތަޢުލީމީ ހަޔާތް ބައްޓަން ކުރުމަށް ބޭނުންވާ ތަފާތު އެހީތައް ދިނުމުގައި ދަރިވަރުންނަށް ލަފާއާއި މަޝްވަރާ ދިނުން.

 

(ށ)

ދަރިވަރުންގެ އެހީތަކާ ގުޅުންހުރި ގަވައިދުތަކާއި އުސޫލުތައް ފަދަ ހިންގުމާގުޅޭ ލިޔުންތައް އެކުލަވާލުމާއި މުރާޖަޢާ ކުރުމުގައި އިސްނެގުން.

 

(ނ)

ދަރިވަރުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއެހުމާއި އެކަންކަން ހައްލު ކުރުމަށް ގުޅުންހުރި ފަރާތްތަކުގެ އެހީތެރިކަން ހޯދުން. 

 

(ރ)

ދަރިވަރުންގެ ސުލޫކީ މިންގަނޑަށް ދަރިވަރުން އަހުލުވެރި ކުރުމާއި އެމިންގަނޑު ދެމެހެއްޓުމަށް ބާރުއަޅައި އެކަމަށް މަސައްކަތް ކުރުން.

 

(ބ)

ދަރިވަރުންގެ ސުލޫކީ މިންގަނޑާ ޚިލާފުވާ މައްސަލަތައް ބެލުމާއި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޔުނިވަރސިޓީގެ ސުލޫކީ ކޮމެޓީ އާއެކު އިސް ދައުރެއް އަދާކުރުން.

 

(ޅ)

ދަރިވަރުންގެ އުނގެނުމާއި ޝަޚުޞީ ކުރިއެރުން ތަރައްގީ ކުރުމަށް އެހީތެރިކަން ލިބޭ ފަދަ އެކިއެކި ޕްރޮގްރާމްތައް ހިންގުން.

 

(ކ)

ދަރިވަރުންގެ ކިބައިގައި އިސްވާރުކަމާއި ހިންގުމުގެ ހުނަރުތައް ތަރައްގީ ކުރުމަށް ބޭނުންވާ ތަފާތު ފުރުސަތުތަކަށް މަގުފަހިކޮށްދިނުން.

 

(އ)

ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި އަޚްލާޤީ ގޮތުން ދުޅަހެޔޮ ދަރިވަރުންތަކަކަށް ހެދުމަށްޓަކައި ތަފާތު ފުރުސަތުތައް ފަހިކޮށްދިނުން.

 

(ވ)

ދަރިވަރުންގެ ޖަމްޢިއްޔާ (ސްޓުޑެންޓް ޔުނިއަން) ގެ ފަރާތުން ހިންގާ އެކިއެކި ހަރަކާތްތައް ޔުނިވަރސިޓީގެ އުސޫލުތަކާއި ހަމަތަކަށް ފެތޭތޯ ބަލައި މޮނީޓަރ ކުރުމާއި ޖަމްޢިއްޔާ ހިންގުމުގައި ދަރިވަރުންނަށް އިރުޝާދު ދިނުން.

 

(މ)

އިސްދަރިވަރުންގެ ޖަމްޢިއްޔާ (އެލުމްނައި އެސޯސިއޭޝަން) ގެ ފަރާތުން ހިންގާ އެކިއެކި ހަރަކާތްތައް ޔުނިވަރސިޓީގެ އުސޫލުތަކާއި ހަމަތަކަށް ފެތޭތޯ ބަލައި މޮނީޓަރ ކުރުމާއި ޖަމްޢިއްޔާ ހިންގުމުގައި ދަރިވަރުންނަށް އިރުޝާދު ދިނުން.

 

(ފ)

ދަރިވަރުންނަށް ޔުނިވަރސިޓީގެ ތެރެއިންނާއި ޔުނިވަރސިޓީގެ ބޭރުން ސްކޮލަރޝިޕާއި މާލީ އެހީތެރިކަމުގެ ފުރުސަތުތައް ހޯދައިދިނުމަށް އެހީތެރިވެދިނުން.

 

(ދ)

ދަރިވަރުންނަށް ދަނާލުގެ ނުވަތަ އެހެން ގޮތަކުން ވިއަސް އެކޮމޮޑޭޝަންގެ ފުރުސަތުތައް ހޯދައިދިނުމުގައި އެހީތެރިވުން.

 

(ތ)

ދިވެހިރާއްޖެއާއި ބޭރުގެ އެކިއެކި ތަޢުލީމީ މަރުކަޒުތަކާއި މުއައްސަސާ ތަކާ ގުޅިގެން ތަބާދުލީ (އެކްސްޗޭންޖް) ހަރަކާތްތައް ހިންގުމުގައި ދަރިވަރުންނަށް އެހީތެރިވުން.

 

(ލ)

ބޭރުގެ އެކިއެކި ތަޢުލީމީ މަރުކަޒުތަކާއި މުއައްސަސާތަކުން ދަރިވަރުންނަށް ލިބޭ ތަފާތު ފުރުސަތު ތަކުގައި ދަރިވަރުން ބައިވެރި ކުރުމުގެ އިންތިޒާމުތައް އިންސާފުވެރިކަމާ އެކު ހަމަޖެއްސުން. 

 

(ގ)

ދަރިވަރުންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި ކަންބޮޑުވުންތައް ހައްލު ކުރުމަށް ޔުނިވަރސިޓީގެ އެކި ގުނަވަންތަކުގައި ވަކާލާތު ކުރުން.

 

(ޏ)

ދަރިވަރުންގެ ހަރަކާތްތަކާއި ދަރިވަރުންނަށް ފޯރުކޮށްދެވޭ އެކިއެކި އެހީތަކާ ބެހޭ އެންމެހާ މަޢުލޫމާތުތައް ރައްކާތެރިކޮށް އިންތިޒާމީ ގޮތެއްގައި ބެލެހެއްޓުން.

 

(ސ)

ދަރިވަރުންގެ އެހީތަކާބެހޭ ބައިގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތް އޯވަރސީ ކުރުމާއި އެ މުވައްޒަފުންނަށް މަސައްކަތް ޙަވާލުކުރާމާއި ތަމްރީނުކުރާމާއި މައްސަލަތައް ޙައްލުކުރުމާއި ފެންވަރު ވަޒަންކުރުމާއި އެކަމާގުޅިގެން އެޗް.އާރ ސެކްޝަނަށް ހުށަހެޅުންތައް ހުށަހެޅުން.

 

(ޑ)

ދަރިވަރުންގެ އެހީތަކާބެހޭ ބަޔަށް ބޭނުންވާ އަހަރީ ބަޖެޓު އެކުލަވާލުމާއި ކަނޑައެޅިފައިވާ ބަޖެޓު ހިންގުމުގައި އެހީތެރިވުން.

 

(ޒ)

ދަރިވަރުންގެ އެހީތަކާ ގުޅޭ އެންމެހާ މަޢުލޫމާތުތައް ތަފާސްކުރުމާއި އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ޗާޕުކުރެވޭ ފެންވަރަކަށް ގެނެސް ހުށަހެޅުން.

 

(ޓ)

މަގާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އިސްވެ ބަޔާންކުރެވުނު ކަންތައްތައް ފިޔަވައި ޑެޕިއުޓީ ވައިސް ޗާންސެލަރ (އެކަޑެމިކް އެފެއަރޒް) ގެ ފަރާތުން ނުވަތަ އެފަރާތުގެ އިޒުނަޔާ އެކު ޙަވާލުކުރެވޭ، ޔުނިވަރސިޓީގެ ދަރިވަރުންނާ ގުޅުންހުރި އެހެން މަސައްކަތްތައް ކުރުން.

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)

ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)

ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)

 

- ފަރިތަކަމާއެކު އަރަބި އަދި އިނގިރޭސި ބަހުން މުޙާތަބުކުރެވޭ ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެއެވެ.

ވަޒީފާއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ / ޕާސްޕޯޓުގެ ޑޭޓާ ޕޭޖުގެ ސާފު ކޮޕީ

ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް

ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ސަނަދު)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

https://jobs.ium.edu.mv/

އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.

އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް

2 ޖުލައި 2023 ވަނަ ދުވަހުގެ 23:59 އަށް

ނޯޓު

ބިދޭސީ މުވައްޒަފެއް މި މަގާމަށް ހަމަޖެއްސޭނީ ކޮންޓްރެކްޓް އުސޫލުން، ނޭޝަނަލް ޕޭ ފްރޭމްވަރކްގެ ޔުނިވަރސިޓީ އެކެޑަމިކް ޕްރޮފެޝަނަލުންގެ އޮނިގަނޑަށް އަމަލުކުރުމުގެ ކުރިން ބޭނުންކުރަމުން އައި ޔުނިވަރސިޓީގެ އޮނިގަނޑުގެ ސްޕައިންއަކަށެވެ.

އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.

އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.

މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 3 ޖުލައި 2023 އިން 15 އޮގަސްޓް 2023 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022160 ނަންބަރު ފޯނާއެވެ.

މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

14 ޖޫން 2023