މަސައްކަތް
ނަންބަރު: (IUL) 396-A/2023/40
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 22:33
ސުންގަޑި: 15 ޖޫން 2023 00:00
ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ހައްދުންމަތީ ދަނބިދޫ ބަނދަރުގައި ރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމަންޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

           މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް، ދަނބިދޫ ބަނދަރުގައި ރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމަންޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމަންޓެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ކޯޓޭޝަން މިކައުންސިލްގެ އީމެއިލް ([email protected]) އަށް ފޮނުއްވުން އެދެމެވެ. ނުވަތަ މިކައުންސިލަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

       

          ކޯޓޭޝަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.އަދި ކޯޓޭޝަން ހުށަހަޅުއްވާއިރު މަސައްކަތް ނިންމޭނެ މުއްދަތު ހިމަނަންވާނެއެވެ.އަދި ގަޑި ޖެހުމަށްފަހު ހުށަހަޅާ ކޯޓޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް އަދި ކުރެހުން މި އިއުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

         މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން 6800864 ނަންބަރު އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

         ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

13 ޖޫން 2023