މަސައްކަތް
ނަންބަރު: (IUL)438-ECAS/438/2015/21
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި: 16 ފެބުރުވަރީ 2015 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކޮންސަލްޓެންޓެއް ހޯދުމަށް

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތު

ދިވެހިރާއްޖެއިން ބައިވެރިވެރިވެފައިވާ މުޢާހަދާއެއްކަމަށްވާ "ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ" ގެ "އައިޗީ ބަޔޯޑައިވަރސިޓީ ޓާރގެޓްސް" އަށް ބިނާކޮށް ދިވެހިރާއްޖޭގެ "ނޭޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖިކް ޕްލޭން" މިހާރުވަނީ މުރާޖަޢާ ކޮށްފައެވެ. މި ޕްލޭނުގައި ދިރޭތަކެތީގެ ނަސްލު ޙިމާޔަތް ކުރުމުގެ އިތުރުން ޕްރައިވެޓް ސެކްޓަރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ބަޔޯޑައިވަރސިޓީއާއި ތިމާވެށީގެ ކަންކަން ހިމެނުމަށް ބާރުދޭ ޓާގެޓެއް ވަނީ ހިމެނިފައެވެ. މީގެ އިތުރުން، އައިޗީ ޓާގެޓްގެ 1 ވަނަ ޓާގެޓަކީ، ދިރޭތަކެތީގެ ނަސްލުތަކުގެ އަގު އެންމެނަށް އޮޅުންފިލުވައިދިނުމުގެ މަޤުޞަދުގައި ހެދިފައިވާ ޓާގެޓެކެވެ. ޓާގެޓް 4 އަކީ ޤުދުރަތީ ވަސީލަތްތައް ބޭނުން ކުރުމުން ލިބޭ ގެއްލުންތައް އިންސާނުންނާއި ތިމާވެށްޓަށް ގެއްލުމެއް ނުވާވަރަށް ކުޑަކުރުމުގެ ގޮތުން "ސަސްޓެއިނަބަލް ޕްރޮޑަކްޝަން އެންޑް ކޮންޒަމްޕްޝަން" އަށް ހެދިފައިވާ ޓާގެޓެކެވެ. އަދި ޓާގެޓް 6 އަދި 7 އަކީ ދެމެހެއްޓެނިވި މަސްވެރިކަން އަދި ދެމެހެއްޓެނިވި ދަނޑުވެރިކަމަށް ހެދިފައިވާ ޓާގެޓުތަކެކެވެ. ޓާގެޓް 8ގެ މަޤްޞަދަކީ ކުނިބުންޏާއި ތަފާތު ވައްތަރުގެ ތަޣައްޔަރުވުންތަކުން މާޙައުލާއި ދިރޭތަކެތި ސަލާމަތް ކުރުމެވެ.

މިގޮތުން ބަލާއިރު، ޤުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ ބޮޑަށް ކުރާ އެއްފަރާތަކީ އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކެވެ. ނަތީޖާއެއްގެ ގޮތުން ތިމާވެށީގެ ގިނަ މައްސަލަތައް މިފަދަ ފަރާތްތަކުގެ މަސައްކަތްތަކާ ގުޅިފައިވެއެވެ. މީގެ ތެރޭގައި ފެނުގެ ދަތިކަން، މޫސުމީ ބަދަލު، އަދި ދިރޭތަކެތީގެ ނަސްލަށާއި މާޙައުލީ ނިޒާމަށް ލިބޭ ގެއްލުން ހިމެނެއެވެ. ވީމާ، މިފަދަ ފަރާތްތަކުން ޤުދުރަތީ ވަސީލަތްތަކަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އެފަރާތްތަކުގެ ސިޔާސަތުތަކާއި ޕްލޭންތައް ހަދާއިރު، ދިރޭތަކެތީގެ ނަސްލާއި ޤުދުރަތީ މާޙައުލަށް ގެއްލުން ކުޑަކުރެވޭނެ ގޮތަކަށް ހެދުމަކީ މުހިންމު ކަމެއްކަމަށް މިމިނިސްޓްރީއަށް ފެނެއެވެ.

މިހެންކަމުން، އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުގެ މިހާރުގެ ސިޔާސަތުތައް ދިރާސާކޮށް އެ ސިޔާސަތުތަކުގައި ދިރޭތަކެތީގެ ނަސްލާއި ގުދުރަތީ ވަސީލަތްތައް ހިމެނިފައިވާ މިންވަރު ބަލައި ރިޕޯޓެއް އެކުލަވާލުމާއެކު ކަމާގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގުމަށް ކޮންސަލްޓެންޓެއް ހޯދުމަށް މިނިސްޓްރީން ބޭނުންވެއެވެ.  

މިމަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" މިމިނިސްޓްރީންނާއި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޝަރުޠުހަމަވާ ފަރާތްތަކުން 16 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ތަޢުލީމީ ފެންވަރާއި މަސައްކަތް ކުރުމުގެ ތަޖުރިބާއާއި، ހުނަރާއި ޤާބިލުކަން ސާބިތުކޮށްދޭ ވަނަވަރާއި، މަސައްކަތުގެ އަގު އަދި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ ގޮތާއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

Recruitment of National Consultant for mainstreaming biodiversity into Policies, Plans and Strategies of Private Sector of the Maldives”

ބަޔޯޑައިވަރސިޓީ ކޮންޒަވޭޝަން ޔުނިޓް

އެންވަޔަރަންމަންޓް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ފޯން: 3018359، 3018300

ފެކްސް: 3018301

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

28 ޖަނަވަރީ 2015