ދިވެހިރާއްޖެ
ސާކް ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓް ސެންޓަރ (އެސް.އެޗް.އާރ.ޑީ.ސީ) އިން މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ ތިރީގައި މިދަންނަވާ 4 ރިސާރޗް ޕްރޮގްރާމްގެ ސްޓަޑީތައް ހެއްދެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ރާއްޖޭގެ ކޮންސަލްޓެންޓުންނަށް އެ ފުރުޞަތު ވަނީ ސާކް ސެކްރެޓޭރިއަޓުން ދެއްވާފައެވެ.
1- Links between Competitiveness and Technical Education in SAARC Region (Budget Estimates for 2015 – US$ 23000.00)
2- Policies and Plans of Inclusive Growth for Promotion of HRD in SAARC Region
(Budget Estimates for 2015 – US$ 23000.00)
3- Youth Employment Policies and Challenges in the SAARC Region
(Budget Estimates for 2015 – US$ 15500.00)
4- Impact of literacy on HRD in the SAARC Regional.
(Budget Estimates for 2015 – US$ 8000.00)
ވީމާ، މި ސްޓަޑީތައް ހެއްދެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން 9 ފެބުރުވަރީ 2015 ގެ ނިޔަލަށް މި މިނިސްޓްރީއަށް ވަޑައިގެން ކޮންސެޕްޓް ކަރުދާސް ގެންދެވުން އެދެމެވެ. މި ސްޓަޑީއަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުންގެ " އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އާއި "ފައިނޭންޝަލް ޕްރޮޕޯޒަލް" ސާކް ސެކްރެޓޭރިއަޓަށް ހުށަހެޅުމަށްޓަކައި 28 ފެބުރުވަރީ 2015 ގެ ކުރިން މި މިނިސްޓްރީއަށް ފޮނުއްވައިދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ނަންބަރު: 3341234/ 3341235 ފޯނާ ގުޅުއްވުން އެދެމެވެ.
06 ރަބީޢުލްއާޚިރު 1436