މަސައްކަތް
ނަންބަރު: (IUL) MBC-FP/MBC/2015/19
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:10
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
ޕްރޮގްރާމްތަކަށް ފަންނީ އެހީއާއި ކޮންޓެންޓް އުފެއްދުމާ ގުޅޭ

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

MBC-PRC/HA/2015/013

 

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ޗެނަލްތަކުން އުފައްދާ ޕްރޮގްރާމްތަކަށް ފަންނީ އެހީއާއި ކޮންޓެންޓް އުފެއްދުމާ ގުޅޭ

މިކޯޕަރޭޝަންގެ ޗެނަލްތަކުން ފޮނުވާ ޕްރޮގްރާމްތަކަށް ފަންނީ އެހީތެރިކަން ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަނެއްކާވެސް ޢާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ހަނދުމަފުޅުކޮށް އަރުވަމެވެ. މިކޯޕަރޭޝަނުން އެކުލަވާލާފައިވާ ފަންނީ ގަވާއިދުގެ ދަށުން ކުރެވޭނެ މައިގަނޑު ކަންތައްތައް ތިރީގައި ލިސްޓުކުރެވިފައި މިވަނީއެވެ.

ރޭޑިޔޯ                                      

1- ނިވްސް އެންކަރ ކުރުން

2- ޕްރޮގްރާމް ޕްރެޒެންޓް ކުރުމާއި މޮޑަރޭޓްކުރުން

3- އަޑުއެޅުން (ޑްރާމާ ރިޕޯޓް)

4- ރީސާރޗް ހެދުމާއި އޭގެ މައްޗަށް ޑޮކިއުމެންޓެއް ތައްޔާރުކުރުން

5- ތަރުޖަމާކުރުން

6- އައުޓް ސޯސް ޕްރޮގްރާމާއި ޑްރާމާ ގަތުން (ޕްރޮގްރާމް ހަވާލުކޮށްގެން އުފެއްދުން)

7- ރިޕޯޓް ލިޔުން

8- ޑޮކިއުމެންޓްރީ ސްކްރިޕްޓް ލިޔުން

9- ޕްރޮގްރާމް ސްކްރިޕްޓް ލިޔުން

10- ކުޅިވަރު ކޮމެންޓްރީ ދިނުން

11- އެކިއެކި އިވެންޓްތަކާއި ރަސްމިއްޔާތުތައް ލައިވްކުރުމާއި ހުށަހެޅުން

12- އެނަލައިޒް ކުރުން

13- މިއުޒިކް ކޮމްޕޯސް ކުރުން

14- ރޭޑިޔޯ ޑްރާމާ ލިޔުން

15- ޖަޖުކުރުން

16- ތަމްރީނު ކޮށްދިނުން

17- ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން

18- ޓީޗަރެއްގެ ގޮތުގައި ކިޔަވައިދިނުން

ޓީވީ

1- އަޑު އެޅުން

2- ތަރުޖަމާކުރުން

3- ރިޕޯޓް ލިޔުން

4- ޑޮކިއުމެންޓްރީ ސްކްރިޕްޓް ލިޔުން

5- ޕްރޮގްރާމް ސްކްރިޕްޓް ލިޔުން

6- ލަވަކިޔުން

7- އެކްޓްކުރުން

8- ޖަޖުކުރުން

9- ތަމްރީނު ކޮށްދިނުން

10- މިއުޒިކް ކޮމްޕޯސް ކުރުން

11- ޕްރޮގްރާމް ކޮންސަލްޓެންސީ ދިނުން

12- ޕްރޮގްރާމް ހުށަހެޅުން

13- އެނައުންސްމަންޓް ކިޔުން

14- އެނަލައިޒް ކުރުން

15- ހެދުން ފަރުމާކުރުމާއި ފެހުން

16- ކޮރިއޮގްރަފީ

17- ލަވައާއި ޅެން ހެދުން

18- ރަށުން ބޭރުގައިކުރާ މޭކަޕް

19- އިންޓަރންސް

20- މިއުޒިކް ބޭންޑް

21- ޕްރޮގްރާމްތަކުގައި ބައިވެރިވެ ފަންނީ މަޢުލޫމާތުދިނުން

22- ޓީޗަރެއްގެ ގޮތުގައި ކިޔަވައިދިނުން

23- އައުޓްސޯސް ޑްރާމާ ވިއްކުން

24- އައުޓްސޯސް ޓީވީ ޕްރޮގްރާމް / ޑޮކިއުމެންޓްރީ ވިއްކުން

25- އައުޓްސޯސް ވީޑިއޯ / އޯޑިއޯ ލަވަ ވިއްކުން

26- ފިލްމުގެ ބްރޯޑްކާސްޓްރައިޓް ގަތުން

އަދި މިގަވާއިދާ ބެހޭ އިތުރު މަޢުލޫމާތު އެމް.ބީ.ސީގެ ޓީވީއެމް އާއި ރޭޑިޔޯ ބިލްޑިންގގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފަންނީ އެހީ ދިނުމަށް ދަފްތަރު ކުރެވޭނީ އެކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު ފުރިހަމަ ކުރައްވާ އެމް.ބީ.ސީ ހެޑްއޮފީސް މާފަންނު ރޭޑިޔޯ ބިލްޑިންގަށް ހުށަހެޅުމުން ސްކިލްސް ސްކޭލް ކޮމިޓީން ސްކޭލް ކުރުމުންނެވެ.

މިކަމާބެހޭ މަޢުލޫމާތު އެމް.ބީ.ސީގެ ވެބްސައިޓް www.mbc.mv އިން ލިބެން ހުންނާނެއެވެ

07 ރަބީޢުލްއާޚިރު 1436

28 ޖަނަވަރީ 2015