ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)384/2023/35
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 22 ޖޫން 2023 13:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭފަރާތްތަކަށް ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލުން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލުން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުޞަތު، މިނިސްޓްރީ އޮފް އިސްލާމިލް އެފެއާޒް ގެ ނަންބަރު:142-C2/CIR/2023/19 (11 ޖޫން 2023) ސަރކިއުލަރ އިން ވަނީ ހުޅުވާލެވިފައެވެ.

މިގޮތުން، މި އަހަރު (1444) ވަނަ އަހަރުގެފިޠުރު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅަންނުޖެހޭނެއެވެ. ނަމަވެސް، ފިޠުރު ޒަކާތުގެ ފައިސާ ލިބުނުކަމުގައިވީނަމަވެސް، ތިރީގައި ދެންނެވިފައިވާ ސަބަބުތަކާއި ހުރެ މިހާރުގެ ޙާލަތަށްބަދަލު އައިސްފައިވާ ޢާއިލާތަކުން އަލުން ފޯމު ފުރަން ޖެހޭނެއެވެ.

  • ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ރަށުގައި ދިރިނޫޅޭ ފާރާތްތައް.
  •  ދަފްތަރުގައި ރަޖިސްޓަރީކުރި ފަހުން ކައިވެނީގެ ޚާލަތަށް ބަދަލުއައިސްފައިވާ (ކައިވެނިކޮށް ނުވަތަ ވަރިވެފައިވާ) ފަރާތްތައް.
  •  މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޚާލަތު ބަދަލުވެފައިވާ ފަރާތްތައް.
  • ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ޢާއިލާއެއްގައި، 22 ޖޫން 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނެއް / ފިރިހެނުން ހިމެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނުން.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރަށް ރަޖިސްޓްރީވުމަށް އެދޭ ފޯމު 12 ޖޫން 2023 އިން ފެށިގެން ކައުންސިލްއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމު ބަލައިގަންނަން ހަމަޖެހިފައިވަނީ 13 ޖޫން 2023 އިން 22 ޖޫން 2023 ގެ 13:00 ގެ ނިޔަލަށް ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާއިންނެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅާ ފަރާތްތަކުން، ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރައްވާ، ފޯމާއިއެކު ހުށަހަޅުއްވަންޖެހޭ ހުރިހާ ލިޔުންތައް ހަމަކޮށް ހުށަހެޅުއްވުމަށް، އަދި ކަނޑައެޅިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. 22 ޖޫން 2023ގެ ފަހުން ހުށަހެޅޭ ފޯމުތައް ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

13 ޖޫން 2023