ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ޕްރިންޓަރ
ބޭނުންވާ އަދަދު: 2 (ދޭއް)
ރޭންކް: އެސް.އެސް 3
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 3
މުސާރަ: މަހަކު -/3875 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ނޮޅިވަރމް ސުކޫލް / ހދ. ނޮޅިވަރަން
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑެމިކް ސެކްޝަން، ނޮޅިވަރަމް ސުކޫލް
އެހެނިހެން ޢިނާޔަތް: އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ފޯނު އެލަވަންސާއި، ޓެނުއަރޝިޕް އެލަވަންސް ލިބޭނެއެވެ.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ސްކޫލުގައި ކިޔަވައިދިނުމާ ގުޅޭގޮތުން ޓީޗަރުންނާއި ލީޑިންގ ޓީޗަރުން ޕްރިންޓްކުރަން ބޭނުންވާ އެންމެހައި ޑޮކިޔުމެންޓްތަކާއި، އިދާރީގޮތުން ބޭނުންވާ ތަކެތި، އެފަރާތްތަކުން ބޭނުންވާ ވަގުތަށް، ޕްރިންޓްކޮށްދިނުން.
- ޕްރިންޓްކުރުމަށް ގެންނަ ތަކެތި ޕްރިންޓްކޮށް، ހީރަސްޖަހަން ޖެހޭ ތަކެތީގައި ހީރަސްޖަހައިދީ، ސެޓްސެޓަށް އަޅައި، ފަސޭހައިން އޮޅުންފިލާނޭހެން ބެހެއްޓުން.
- ޕްރިންޓްކުރަން ގެންނަ ތަކެތީގެ ތެރޭގައި ކަފަންޖެހޭ އެއްޗެއް ހުރިނަމަ، ދީފައިވާ އިރުޝާދާ އެއްގޮތަށް ކަފައި ބަންޑެލްކުރުން.
- އިދާރީގޮތުންނާއި ކިޔަވައިދިނުމާ ގުޅޭ ކަންކަމަށް ބޭނުންވާ ފޮޓޯކޮޕީ ނަގައިދިނުމާއި، ބައިންޑްކުރުމާއި، ލެމިނޭޓްކުރަންޖެހޭ ތަކެތި ލެމިނޭޓްކޮށްދިނުން.
- ސްކޫލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
ޝަރުޠު:
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސެންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤަބިލުކަމާއި ސިފަތަކަށެވެ.
އިންޓަވިއުކުރުން
ހ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު 2015 ފެބުރުވަރީ 10 އާއި 12 އާ ދެމެދު ތާރީޚެއްގައި އޮންނާނެއެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ސްކޫލު އޮފީހުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ހދ. ނޮޅިވަރަމް ސުކޫލަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ފެބުރުވަރީ 9 ވާ ހޯމަ ދުވަހުގެ 14:00 އެވެ.
ނޯޓް:
މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މިސުކޫލް (ނޮޅިވަރަމް ސުކޫލް) ގެ ނަންބަރު 6520555 ފޯނަށް ގުޅުން އެދެމެވެ.
8 ރަބީޢުލްއާޚީރު 1436