ބީލަން
ނަންބަރު: GS05-C/IUL/2023/09
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 25 ޖޫން 2023 13:00
ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ ޔުނިފޯރމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

 

 

ގއ. އަތޮޅު ތަޢުލީމީ މަރުކަޒު

ވިލިނގިލި، ހުވަދު އަތޮޅު އުތުރުބުރި

ދިވެހިރާއްޖެ   

                            

                  

                                                        އިޢުލާން ނަމްބަރ: GS05-C /IUL/2023/09                         

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ ޔުނިފޯރމް ފޯރުކޮށްދޭނެ ފަރާތެއްހޯދުން

 

  1. 2024-2023 އަދި 2024-2025 ވަނަ ދިރާސީ އަހަރުގައި މި މަރުކަޒުގެ ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ ޔުނިފޯރމް ތައްޔާރުކޮށް ފޯރުކޮށްދިނުމަށް ކުރެވުނު ނަންބަރު: GS05-C /IUL/2023/08 ( 28 މެއި 2023 ) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، އެ އިއުލާން ބާޠިލްކޮށް މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޖޫން 14 ން ޖޫން 20 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތުނެތް ވާހަކަ ދަންނަވަމެވެ.

  3. މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޖޫން 21 ވާ ބުދަ ދުވަހުގެ 13:00 ގައި މި މަރުކަޒުގެ މީޓިންގ       ރޫމްގައެވެ.

  4. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން         ފޮނުއްވުން އެދެމެވެ.

  5. ބިޑް ހުޅުވުން އޮންނާނީ 2023 ޖޫން 25 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންގ ރޫމްގައެވެ.

  6. މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

     ގއ. އަތޮޅު ތަޢުލީމީ މަރުކަޒު

     ސަމުގާ މަގު، ވިލިނގިލި، ދިވެހިރާއްޖެ.

     ފޯން:  6820029

     އީ-މެއިލް: [email protected]

     ކޮޕީ އީ-މެއިލް: [email protected]

 

 

                          13   ޖޫން         2023 

                                                                 

                                                                  

 

                                                     

13 ޖޫން 2023